އަލީ ރިޟާގެ އެކައުންޓްތައް ފްރީޒްކޮށް މުދާ ނަގައިގެންވިޔަސް މުސާރަ ދިނުމަށް ގޮވާލައިފި

MP ALI RIZA

ބ އަތޮޅު ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންތަކަށް މުސާރަ ނުދީގެން މިހާރު އެރަށުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން މި ބިދޭސީން ލައްވާ މަސައްކަތްކުރުވާ ކުންފުނީގެ ވެރިފަރާތް ކަމުގައިވާ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޟާގެ އެކައުންޓްތައް ފްރީޒް ކޮށް އޭނާގެ މުދާ ނަގައިގެން ވިޔަސް މަސައްކަތްތެރިންގެ މުސާރަ ދިނުމަށް ނަވާނަވައިން ސަރުކާރަށް ގޮވާލައިފިއެވެ.

ނަވާނަވައިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބ. ބޮޑުފިނޮޅުގައި ހަދަމުންދާ ރިޒޯޓުގެ ބިދޭސީ މަސައްކަތްތެރިން 16 ދިވެހި މަސައްކަތްތެރިން ރަހީނުކޮށްފައިވާތީ ކަންބޮޑުވާކަމަށާއި މި ހާލަތު ނިމުމަކަށް ގެނައުމުގައި ބާރުގެ ބޭނުން ނުކޮށް ދިވެހި އަދި ބިދޭސީ މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުންނާއި ސިފައިންނަށް ގޮވާލާކަމަށެވެ.

ބިދޭސީ މަސައްކަތްތެރިންނަކީ އެންމެ ބޮޑަށް ނިކަމެތިކޮށްފައި، އަދި އެބައެއްގެ ކިބައިން އެންމެ ބޮޑަށް ހައްގުތައް ނިގުޅައިގެންފައިވާ މަސައްކަތްތެރިން ކަމަށް ވާތީވެ، ބިދޭސީ މަސައްކަތްތެރިން ކުރާ ހަޅުތާލުތަކާއި މުޒާހަރާ ތަކުގައި، އެފަރާތްތަކާއެކު މަޝްވަރާކުރެވިގެން ސުލްހަވެރިކޮށް އަދި އިންސާފްވެރިކޮށް މައްސަލަތައް ނިންމުމަށް މަސައްކަތް ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާކަމުގައިވެސް ބުނެފައިވެއެވެ.

ބިދޭސީ މަސައްކަތްތެރިންގެ އުޖޫރަ ހަމައަށް ނުދީ، އިންސާނީ ޙައްޤުތަކަށް އަރައިގަތުމުން، އެ މަސައްކަތްތެރިންނާއި އެފަރާތްތަކުގެ އާއިލާތަކުގެ ދިރިހުރުމަށް ނުރައްކާވާކާން އަހަރެމެން ގަބޫލު ކުރަންޖެހެއެވެ.

ނަވާނަވައިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ބޮޑުފިނޮޅުގައި 200 އެއްހާ ބިދޭސީއިން ދިވެހިންތަކެއް ރަހީނުކޮށް ހަމަނުޖެހުން ހިންގަމުންދާތީ ފުލުހުން ނާއި ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފަ އެވެ. ދެފަހަރެއްގެ މަތިން ބ އަތޮޅުގައި މަސައްކަތް ކުރާ ފުލުހުން އެރަށަށް އަންރަން ކުރި މަސައްކަތް ވަނީ ބިދޭސީން ހަމަލާދިނުމުގެ ސަބަބުން ނާކާމިޔާބުވެފައެވެ. އެހެންކަމުން މިހާރު މާލެއިން ފުލުހުންނާއި ސިފައިން ވަނީ އެރަށް ދިއުމަށް ދަތުރު ފަށާފައެވެ.

ބިދޭސީން ހަމަނުޖެހުން ހިންގަނީ މުސާރަ ނުދޭތީކަމަށް ބުނެ ތުހުމަތުތަކެއް ދަނީ މެންބަރ އަލީ ރިޟާއަށް ކުރެވެމުންނެވެ. ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ރިޟާ ރާއްޖޭގެ ބަޔެއް ނޫސްތަކަށް ދެއްވި ބަސްދީގަތުން ތަކުގައި އެ ތުހުމަތުތަކެއް ދޮގެއް ނުކުރައްވަ އެވެ. ހަމަ ނުޖެހުން ހިންގަނީ މުސާރަ ނުދީގެންކަމަށް އޭނާވެސް ވިދާޅުވި އެވެ.

ރިޟާ ބުނެފައިވަނީ މުސާރަ ނުދެވިފައިވަނީ އޭނާގެ ކުންފުންޏާ މަސައްކަތް ހަވާލުކުރި ސީލް މޯލްޑިވްސްއިން ދޭން ޖެހޭ ފައިސާ ނުދީގެން ކަމަށެވެ. އެކަމަކު އެމީހުންނަށްވެސް ފައިސާ ނުދެވި ވަނީ ދިމާވެފައިވާ ކޯވިޑްގެ ހާލަތާއި ގުޅިގެން ދަތިތަކެއް ކުރިމަތި ވެގެން ކަމަށް ރިޒާ ވިދާޅުވި އެވެ.

"އެކޮޅުން ޕޭކުރަން ޖެހޭ ޕޭމެންޓްތައް ޑިލޭވެގެން އައި ޑިލޭއެއް މިއުޅެނީ. އަނެއްހެން ކޮވިޑާ އެކީގައި އައި ޑިލޭއެއް ހަގީގަތުގައި. އެނގިލައްވާނެ ކަންނޭގެ ކުންފުނިތަކަށްވެސް ވަރަށް ތާށި ދަތި އުނދަގޫ ދުވަސްތަކެއް ދެއްތޯ މިއީ."

ސަން އޮންލައިން އަށް ދިން ބަސްދީ ގަތުމެއްގައި ރިޟާ ވިދާޅުވި އެވެ.

މައި ކުންފުނީގެ ފަރާތުން ލިބެންޖެހޭ ލާރި ނުލިބި ހަތަރު ފަސް މަސް ވެފައިވާ ކަމަށާއި ހަތް މަސް ދުވަހުގެ މުސާރަ ނުދޭ ކަމަށް ދައްކާ ވާހަކަ ރިޒާ ދޮގު ކުރެއްވި އެވެ. ވިދާޅުވީ ހަތަރު މަސް ނުވަތަ ހަތަރުމަހާ ބައިގެ މުސާރަ ނުދެވޭ ކަމަށެވެ.

އެރަށުގައި މަސައްކަތް ކުރާ މީހުން މަސައްކަތް ހުއްޓާލައިގެން ތިބޭތާ 43 ދުވަސް ވެފައިވާ ކަމަށް ރިޟާ ވިދާޅުވި އެވެ. އެކަމަކު ބަރާބަރަށް އެމީހުންނާ ވާހަކަ ދައްކަމުން ދާކަމަށް ވިދާޅުވި އެވެ. މިކަމާއި ގުޅިގެން ރިޒާގެ ބަހެއް ހޯދުމަށް ތިލަދުން އިން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި