މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހައިކޯޓު

171 Stories filed
ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޖަމީލު ޢައްޔަންކުރައްވައިފި
Raajje

ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޖަމީލު ޢައްޔަންކުރައްވައިފި

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރަކަށް ޢަބްދުﷲ ޖަމީލު މޫސާ ރޭ ޢައްޔަންކުރައްވައިފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބޭއްވި ރަސްމިއްޔާތެއްގައި ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކޮށް، ހުވާގެ އިޤުރާރުގައި ސޮއިކުރެއްވިއެވެ. ޢަބްދުﷲ ޖަމީލަށް މަޤާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ހަމީދެވެ. ޢަބްދުﷲ ޖަމީލު މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނަރސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ފަނޑިޔާރުކަމުގައި 15 އަހަރަ...

ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ނިންމި ޝަހީދު ނަން އަނބުރާ ނަގައިފި
Raajje

ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ނިންމި ޝަހީދު ނަން އަނބުރާ ނަގައިފި

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ނިންމާފައިވާ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު ފަނޑިޔާރުކަމާ ހަވާލުނުވާން ނިންމައި، އެކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އަށް އޭނާ މިއަދު ހުށަހަޅައިފި އެވެ ޖޭއެސްސީއަށް ފޮނުއްވި ސިޓީގައި ޝަހީދު ވިދާޅުވީ އޭނާގެ ނަން އަނބުރާ ނަގަން ނިންމީ އޭނާއަކީ މިހާރު ވެސް ސިޔާސީ ބޭފުޅެއް ކަމަށް ބަޔަކު ސިފަކުރަމުންދާތީ، ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު އާންމުންގެ ހިތުގައި ސުވާލު އުފައްދަން ޖާގަ ނުދިނުމުގެ […]

ކުރީގެ ޑިފެންސް ޗީފް ޝިޔާމްގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި
Raajje

ކުރީގެ ޑިފެންސް ޗީފް ޝިޔާމްގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަނބުރާ ގެންގޮސްފި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އަދާކުރެއްވި ޝިޔާމްގެ މައްޗަށް ދައުލަތުން ދައުވާކުރީ އޭނާ އެ މަގާމުގައި ހުންނެވި ދުވަސްވަރު ވިލިމާލޭގައި ހުންނަ ސިފައިންގެ ވީއައިޕީ އިމާރާތެއްގައި ބައްޕަ ބަހައްޓައި އަދި ބައްޕަގެ ކަންކަން ބަލަހައްޓަން ސިފައިންގެ މީހަކު ބެހެއްޓި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ޝިޔާމްގެ މައްޗަށް […]

އަނަސްގެ މަރު ތުހުމަތުވާ ހަތް މީހުން ބަންދު ނުކުރަން އަނެއްކާވެސް ނިންމައިފި
Raajje

އަނަސްގެ މަރު ތުހުމަތުވާ ހަތް މީހުން ބަންދު ނުކުރަން އަނެއްކާވެސް ނިންމައިފި

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި ރ. މީދޫއަށް ނިސްބަތްވާ މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ މީހުން ބަންދު ނުކުރެވޭނެ ކަމަށް ހައި ކޯޓުން އަނެއްކާވެސް ނިންމައިފި އެވެ. ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ދައުވާކުރެ އެވެ. އެއީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފާއި […]

ރައުދު ބަންދުކުރި މައްސަލަ ހައި ކޯޓުން ބަލަނީ
Raajje

ރައުދު ބަންދުކުރި މައްސަލަ ހައި ކޯޓުން ބަލަނީ

މިދިޔަ މަހު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލު ބަންދުން ދޫކޮށްލަން އެދި އޭނާ ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފި އެވެ. ޔުމްނު ވެއްޓުނު ރޭ އޭނާއާއެކު އެންމެ ފަހުން އުޅުނު ރައުދު ހައްޔަރުކޮށް,ތިން ފަހަރެއްގެ މަތިން ވަނީ އޭނާގެ ބަންދުގެ މުއްދަތު ވަނީ އިތުރު ކޮށްފައެވެ. އެގޮތުން އެންމެ ފަހުން އޭނާގެ ބަންދަށް 20 ދުވަސް އިތުރު ކުރީ މިދިޔަ […]

ޝަމްއާން ބަންދުކުރަން ނެރުނު އަމުރަށް ހައިކޯޓުން ތާއީދުކޮށްފި
Raajje

ޝަމްއާން ބަންދުކުރަން ނެރުނު އަމުރަށް ހައިކޯޓުން ތާއީދުކޮށްފި

ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ. މިދިޔަ މާޗް މަހު ޝަމްއާން މަގާމުން ވަކިކޮށް އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު އެ ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކޮށެވެ. އެ މައްސަލާގައި ޝަމްއާން 15 ދުވަހަށް ބަންދުކުރަން […]

ފްލެޓާއި ގޯތި ދޫކުރި މައްސަލާގައި އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި އަމުރު ބާތިލްކޮށްފި
Raajje

ފްލެޓާއި ގޯތި ދޫކުރި މައްސަލާގައި އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި އަމުރު ބާތިލްކޮށްފި

ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެއްޓި އަމުރު ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ. މިދިޔަ އަހަރު އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ ކަންކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށާފައިވާ ތަހުގީގުގެ ބޭނުމަށް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ. އަކްރަމްގެ ޕާސްޕޯޓް ފުރަތަމަ ހިފެހެއްޓީ މިދިޔަ އަހަރުގެ ޑިސެމްބަރު 20 އިން ފެށިގެން އެއް މަސް ދުވަހަށެވެ. ނަމަވެސް، […]

އަނަސް މަރާލުމުގެ ތުހުމަތުވާ މީހުން ބަންދު ނުކުރަން ނިންމުން ގޯސް: ސުޕްރީމް ކޯޓް
Raajje

އަނަސް މަރާލުމުގެ ތުހުމަތުވާ މީހުން ބަންދު ނުކުރަން ނިންމުން ގޯސް: ސުޕްރީމް ކޯޓް

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގެ ދައުވާލިބޭ މީހުންބަންދު ނުކުރަން ހައި ކޯޓުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލާގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ. ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު […]

ޝަމްއާން ބަންދުކުރި މައްސަލަ ހައި ކޯޓުން ބަލައިގަތުމަށް ނިންމައިފި
Raajje

ޝަމްއާން ބަންދުކުރި މައްސަލަ ހައި ކޯޓުން ބަލައިގަތުމަށް ނިންމައިފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު 15 ދުވަހަށް ބަންދުކުރި މައްސަލަ ބަލަން ހައި ކޯޓުން ނިންމައިފި އެވެ. މިދިޔަ މަހު ޝަމްއާން މަގާމުން ވަކިކޮށް، އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކޮށެވެ. އެ މައްސަލާގައި ޝަމްއާން 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މިދިޔަ މަހު […]

ޝަމްއާން ބަންދުކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފި
Raajje

ޝަމްއާން ބަންދުކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފި

ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ. މިދިޔަ ހަފުތާގައި ޝަމްއާން ހައްޔަރުކުރީ އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބިދޭސީއެއްގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ކަމަށް ތުހުމަތުކޮށެވެ. އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ޝަމްއާންގެ އިތުރުން އިތުރު ހަތަރު މީހަކު ވެސް އެ މައްސަލާގައި...

ސުޕްރީމް ކޯޓު ހިންގޭނެ ގޮތެއް ހަދަން އިބްރާ ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިނުގަތް
Raajje

ސުޕްރީމް ކޯޓު ހިންގޭނެ ގޮތެއް ހަދަން އިބްރާ ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިނުގަތް

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރުމުން އެ ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށް އެދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ. އިބްރާ އެ މައްސަލަ ހުށަހަޅުއްވީ މަޖިލީހަށް އިންތިހާބުވިއިރު ހުރި ސިޔާސީ ޕާޓީ ބަދަލު ކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލަން […]

އަނަސް މަރާލުމުގެ ދައުވާލިބޭ މީހުން ބަންދެއް ނުކުރެވޭނެ: ހައިކޯޓް
Raajje

އަނަސް މަރާލުމުގެ ދައުވާލިބޭ މީހުން ބަންދެއް ނުކުރެވޭނެ: ހައިކޯޓް

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މަރާލި ރ. މީދޫއަށް ނިސްބަތްވާ މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ މީހުން ބަންދުކުރަން ހައި ކޯޓުން ދެކޮޅު ހަދައިފި އެވެ. ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ. އެއީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން […]

އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ހައި ކޯޓުން ބަލައިނުގަތް
Raajje

އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ހައި ކޯޓުން ބަލައިނުގަތް

“ގެދޮރުވެރިޔާ” ސްކީމުގެ މައްސަލާގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފި އެވެ. އަކްރަމްގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރެއް ނެރުނީ “ގެދޮރުވެރިޔާ” ސްކީމްގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގާ ތަހުގީގުގެ ތެރެއިން ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މި މަހުގެ 18ވަނަ ދުވަހާ ހަމައަށެވެ. އެ މައްސަލަ އިސްތިއުނާފްކުރަން އަކްރަމް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށ...

ލަމްހާ ދޫކޮށްލީ ގާނޫނާ ހިލާފަށް: ހައި ކޯޓް
Raajje

ލަމްހާ ދޫކޮށްލީ ގާނޫނާ ހިލާފަށް: ހައި ކޯޓް

އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. އޮކްޓޫބަރު, 2021 ގައި މޭރީ މަރާލި މައްސަލާގައި ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަދި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ކުރަނީ މޭރީ މަރާލުމުގެ ދައުވާ އެވެ. ދައުލަތުން ބުނަނީ އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުމުގެ ތެރޭގައި މޭރީ […]

ފުލުހުންގެ ޕްރޮމޯޝަންތައް ހުއްޓާލަން އަމުރު ނުކުރެވޭނެ: ހައި ކޯޓު
Raajje

ފުލުހުންގެ ޕްރޮމޯޝަންތައް ހުއްޓާލަން އަމުރު ނުކުރެވޭނެ: ހައި ކޯޓު

ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އަމުރު ނުކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ. ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން 2023 ވަނަ އަހަރު ނޮވެމްބަރު މަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެންގުމަށް ފުލުހުން ތަބާނުވުމުން އެ މައްސަލަ އެ ކޮމިޝަނުން އޮތީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ ނިމެންދެން ޕްރޮމޯޝަން މަޑުޖައްސާލުމުގެ އަމުރަކަށް އެދުމުން ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެ […]