އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އޮކްޓޫބަރު, 2021 ގައި މޭރީ މަރާލި މައްސަލާގައި ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަދި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ކުރަނީ މޭރީ މަރާލުމުގެ ދައުވާ އެވެ. ދައުލަތުން ބުނަނީ އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުމުގެ ތެރޭގައި މޭރީ މަރާލި ކަމަށެވެ.

Ad
rt

އެ މައްސަލާގައި ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ވަނީ ލަމްހާ ބަންދުން ދޫކޮށްލައިފަ އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ލަމްހާ ދޫކޮށްލީ ދަށު ކޯޓުގައި މައްސަލަ ނުނިމި ދިގުލައިގެން ގޮސްފައިވާތީ ކަމަށް ބުނެ ކަމަށާއި ނަމަވެސް އެކަމަކީ މީހުން ބަންދުން ދޫކުރެވޭނެ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން ލަމްހާ ދޫކޮށްލަން ނިންމި ނިންމުން ބާތިލްކުރަން ހުކުމްކުރީ ކަމަށާއި އަދި އޭނާ ބަންދުކުރަން ދައުލަތުން ކްރިމިނަލް ކޯޓުގައި އެދެފިނަމަ އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.

ލަމްހާ ދޫކޮށްލީ ގެއިން ބޭރަށް ނިކުންނަމަ ފުލުހުންގެ ހޯދަންޖެހޭ ގޮތަށް ޝަރުތުކޮށްފަ އެވެ.

ލަމްހާ ދޫކޮށްލި ނަމަވެސް މާވިން ހުރީ ބަންދުގަ އެވެ.