ހދ އަތޮޅު ޤުރުއާން މުބާރާތް ފަސްކޮށްފި
މިއަހަރުގެ އޭޕްރީލް 16 އިން 18 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ހދ އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތް ފަސްކޮށްފިއެވެ. ހދ. އަތޮޅު ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި މިމުބާރާތް ފަސްކުރަން ޖެހުނީ ކޮވިޑް19 ގެ ސަބަބުން ސިއްހީ ކުއްލި ހާލަތު އިޢުލާންކޮށްފައިވުމުންނެވެ. އިއްޔެ ހދ އަތޮޅު ކައުންސިލް އިދާރާއިގައި ކުރިއަށްދިޔަ އެކައުންސިލްގެ 3 ވަނަ ދައުރުގެ 138 ވަނަ އާންމު ޖަލްސާގައި ނިންމާފައިވަނީ ރާއްޖޭގެ ހާލަތު އާންމު ހާލަތަށް ބަދަލުވުމުން މުބާރާތް ބާއްވާނެ ތާރީހެއް ކަނޑައެޅުމަށެވެ. މިއަހަރުގެ […]