34 ބައިވެރިންނާއިއެކު ހދ. ނޮޅިވަރަމުގައި ކުރިއަށް ގެންދިޔަ ދަންޑުވެރިކަމުގެ ޕްރޮގުރާމް ނިންމާލައިފި އެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ނޮޅިވަރަމް ކައުންސިލް ގުޅިގެން ހިންގި މި ޕުރޮގުރާމުގައި ގަސްގަހަށް ޖެހޭ ބަލި ދެނެގަންނާނެ ގޮތާއި ކާނަ ބޭނުން ކުރާނެ ގޮތް އަދި އެކި ކަހަލަ ކެމިކަލް ބޭސް ބޭނުން ކުރާނެ ގޮތް ބައިވެރިންނަށް ކިޔައިދޭނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

10 ދުވަހުގެ މުއްދަތައް ކުރިއަށްދިޔަ މި ޕްރޮގުރާމްގައި ދަނޑުވެރިކަމުގެ ކޯސް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ. މިރަސްމިއްޔާތު ބާއްވާފައިވަނީ ރޭ ނޮޅިވަރަމް ކައުންސިިލްގެ އިދާރާގައެވެ. ބައިވެރިވި ފަރާތް ތަކުން ބުނީ ވަރަށް ގިނަ ގުނަ އެއްޗެހި ތަކެއް މި ޕްރޮހުރާމުން އެގިގެން ގޮސްފިކަމަށާއި މިކަމުގެ ސަބަބުން ދަނޑުވެރިކަމުގައި އިތުރު މަންފާތަކެއް ހޯދޭނެ ކަމަށެވެ.
މި ކޯހުގެ ބައިވެރިއަކު ބުނީ އަލަށް ދަނޑު ހައްދަން ފަށާ ފަރާތްތަކަށް ބޭނުންވާނެ ހުރިހާ މައުލޫމާތަކާއި، ގަސްގަހަށް ޖެހޭ ބަލި ދެނެގަންނާނެ ގޮތާއި، ބޭސްބޭނުން ކުރަން ޖެހޭ މިންވަރާއި، އިތުރަށް ބޭނުން ކުރެވިއްޖެނަމަ ލިބިދާނެ ގެއްލުމާއި، އަދި ހާއްސަކޮށް ކެމިކަލް ބޭނުންކުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަންކަން އެގިގެން ހިގައްޖެ ކަމަށެވެ.
ކައުންސިލުން މިއަހަރު ތެރޭގައި ފެނުގައި ގަސް އިންދާ ހަންދާނެ ގޮތުގެ ކޯހެއް ކުރިއަށް ގެންދިޔުމަށް ނިއްމާފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!