•  
  •  
  •  
  •  
  •  
  •  

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ. ނޮޅިވަރަމުގައި ޤާއިމްކުރާ ފެނުގެ ނިޒާމްގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

‏އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 25,269,605.00 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ހ.ދ ނޮޅިވަރަމުގައި ފެނުގެ ނިޒާމު ޤާއިމް ކުރަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ހުޅުވާލައިފައިވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ.

ހދ.ނޮޅިވަރަމުގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށް އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓް ޖޮއިޓް ވެންޗަރ ވިތް ވޯޓަރ އިންޖިނިއަރިން ސަވިސަސް ކިޔާ ކުންފުންޏަކާއި ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 28 ވަނަ ސުވަހުއެވެ. 25 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތް 2 އަހަރުދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރި މި މަޝްރޫއުގެ ދަށުން ނޮޅިވަރަމުގެ ފެނުގެ ނިޒާމް ފަރުމާ ކުރުމާއި ރަށުގައި ފެނުގެ ވިޔުގަ އެޅުމާއި، އާރު.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމުގެ އިތުރުން ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމަށްވެސް ހަމަޖެހިފައިވެއެވެ.

މުޅި ހ.ދ އަތޮޅުގައިވެސް ފެނާއި ނަރުދަމާ މި ދެ ހިދުމަތް ގާއިމްކުރެވި ބޭނުން ކުރެވެމުންދަނީ ކުޅުދުއްފުށީގައި އެކަންޏެވެ.

ޚިޔާލު

Your email address will not be published.

More in ކުޑަ