ބަންދުކޮށްފައިވާ ފަތްތަކެއް ހދ. ނޮޅިވަރަމަށް ލައްގައިފިއެވެ.
ނޮޅިވަރަމުން ވާހަކަ ދެއްކި މީހަކު ބުނީ ބަންދުކޮށްފައި ހުރި ފަތްތަކެއް މިއަދު ހަވީރު އެރަށު ބަނދަރުގެ ދެކުނުކޮޅަށް ލައްގާފައިވާކަމަށެވެ.
ތިލަދުންއާއި ވާހަކަ ދެއްކި އެރަށު މީހަކު ބުނީ ވަރަށް ބޮޑަށް ބަންދުކޮށްފައި ހުރި ބޮޑު ޕާރުސަލެއް އެރަށަށް ލައްގާފައިވާކަމަށާއި އެ ކަނޑާ ބެލުމުން އެއީ ބޮނޑި ބޮނޑިއަށް ހުރި ފަތްތަކެއްކަން އެނގުނު ކަމަށެވެ. ނަމަވެސް، އެއީ ކޮން ވައްތަރެއްގެ ފަތްތަކެއް ކަމެއް ނޭނގޭ ކަމަށާއި، އެތަކެތި މިހާރު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
ފޮޓޯއިން ފެންނަނީ ވަރަށް ރީތިިކޮށް ބޮޑިބޮޑިއަށް ބަދެފައިވާ ފަތްތަކެކެވެ. ނަމަވެސް އެއީ ކޮން ކަހަލަ ފަތްތަކެއްކަން ވަކި ކުރާކަށް ނޭންގެއެވެ. ދެ ފޫޓްގެ އެ ޕާރްސަލްގައި ވަރަށް ގިނަ އަދަދަކަށް އޭގެ ފަތް ހުއްޓެވެ. އަދި ޕާރްސަލްގައި ފަތްތައް ބަންދު ކޮށްފައިވަނީ ދެ ބަޔަކަށް ވަރަށް ތަރުތީބުންނެވެ.
މިގޮތައް ބަންދުކޮށްފައިވާ ފަތްތަކެއް އިއްޔެ ބާ ރަށުން މަސްބާނަން ނިކުމެ އުޅުނު މަސްދޯންޏަކުންވެސް ވަނީ ހޮވާފައެވެ. އަދި ބ. އޭދަފުށި ފަޅުތެރެއިން އޮޔާ ދަނިކޮށް މިދިޔައަހުގެ ޑިސެމްބަރ މަހުގެ 18 ވަނަ ދުވަހުވެސް ވަނީ ހޮވާފައެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަދުވަހު ގިރިފުށީ ޖެޓީ ސަރަހައްދަށް ލެއްގި ޕާރުސަލަކުންވެސް މީގެ ފަތްތަކެއް ވަނީ ފެނިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!