ހދ އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތް މިއަހަރު ނޮޅިވަރަމުގައި ބާއްވަން ހދ އަތޮޅު ކައުންސިލުން ނިންމައިފި އެވެ.

ޤުރުއާން މުބާރާތް ބާއްވާނެ ރަށެއް ހޯދުމަށް ކައުންސިލުން ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވިއިރު އެކަމަށް ޝައުގުވެރިކަންފާޅުކޮށްފައި އޮތީ ނޮޅިވަރަމުން އެކަންޏެވެ.

Ad
rt

އަތޮޅު ޤުރުއާން މުބާރާތަކީ އަތޮޅުގެ ރަށު ކައުންސިލްތަކުގެ މެދުގައި ވަރަށް ފޯރިއާއި ވާދަވެރިކަމާއެކު ބައިވެރިވާ މުބާރާތެވެ.

މިއަހަރުގެ އޭޕްރީލް 16 އިން 18 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ހދ އަތޮޅުގެ ގިނަ ރަށްރަށުން ބައިވެރިވާނެކަމަށް މަޢުލޫމާތުވަނީ ލިބިފައެވެ.

މިދިޔަ އަހަރުގެ ޤުރުއާން މުބާރާތް ބާއްވާފައިވަނީ އެއަތޮޅު ނެއްލައިދޫގައެވެ. ކުޅުދުއްފުށީގެ އިތުރުން މިމުބާރާތް އެންމެ ގިނައިން ބޭއްވި އެއްރަށަކީވެސް ނެއްލައިދޫއެވެ. މިއީ މި މުބާރާތް ނޮޅިވަރަމްގައި ބާއްވާނެ ފުރަތަމަ ފަހަރެވެ.