ކުމުންދޫ ދެ ތަށީގެ އުންމީދުގައި، ފުރަތަމަ ތަށި ހޯދައިފި
ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “ތިލަދެކުނު ފުޓްސަލް މުބާރާތް 2025″ގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ކުމުންދޫގެ ކުމުންދޫ ސްޕޯޓްސް ކްލަބް ހޯދައިފިއެވެ. ކުމުންދޫ ސްޕޯޓްސް ކްލަބް ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލްގައި 2-1 އިން ނޮޅިވަރަންފަރުގެ ނޮޅިވަރަންފަރު ސްޕޯޓްސް ބަލިކޮށްގެންނެވެ. މެޗުގައި ލަނޑުޖަހައި ފުރަތަމަ ލީޑް ނެގީ ވެސް ކުމުންދޫއެވެ. އެލަނޑު ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން، ޖާޒީ ނަންބަރު 13 ސާއިދާ މޫސާ އެވެ. ސާއިދާ މި ލަނޑު ޖަހައިދިނީ އެލީ […]