ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެއްވެސް ސަރަހައްދެއްގައި ކައުންސިލްގެ ހުއްދަނެތި ގަސް ނުވަތަ ރުއް އިންދުން މަނާކޮށްފިއެވެ.

ކައުންސިލުން ކުރި އާންމު އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ރަށުގެ އެކި ސަރަހައްދުތަކުގައި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް އަދި ރަށުގައި ހެދިފައިވާ ޕްލޭންތަކަށް ދަތިވާ ގޮތަށް ބައެއް ފަރާތްތަކުން ގަސް އަދި ރުއް އިންދަމުންދާކަން ކައުންސިލަށް ފާހަގަކުރެވިފައިވެއެވެ.

Ad
rt

މިކަމާ ގުޅިގެން، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެއްވެސް ސަރަހައްދެއްގައި ކައުންސިލްގެ ހުއްދަނެތި ގަސް ނުވަތަ ރުއް އިންދުމަކީ މަނާކަމެއްކަން އާންމުކޮށް އަންގައި އިޢުލާނުކޮށްފައިވެއެވެ.

ތަކަންދޫއަކީ ހއ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން 11 ވަނަ ރަށެވެ. 928 މީހުންގެ އާބާދީއެއް އޮންނަ މި ރަށަކީ 1.22 ކިލޯމީޓަރު ދިގު އަދި 0.46 ކިލޯމީޓަރު ފުޅާ ރަށެކެވެ.