އިހަވަންދޫއިން ގޯއްޗަށް އެދުނު ފަރާތްތަކުގެ ވަގުތީ ލިސްޓް އިޢުލާނުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި
ދިރިއުޅުމަށްޓަކައި، ހއ. އިހަވަންދޫއިން ގޯއްޗަށް އެދިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވެ ޕޮއިންޓު ދެވުނު ގޮތުގެ ވަގުތީ ލިސްޓް އިޢުލާނުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިއެވެ. ހއ. އިހަވަންދޫއިން ގޯއްޗަށް އެދިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އާއްމުކޮށް އެންގުމުގެ ގޮތުން އިހަވަންދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިލިސްޓް އެކައުންސިލް އިދާރާގެ ކައުންޓަރުގައާއި، ދިވެހި ސަރުކާރުގެ ގެޒެޓުގައާއި އަދި ކައުންސިލްގެ ރަސްމީ...