ހއ. އިހަވަންދޫން ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓަށް ގެނެވުނު ބަދަލްތަކާއެކު ދާއިމީ ލިސްޓް ޢާންމުކޮށްފިއެވެ.
ކައުންސިލުން ކުރި ޢިޢުލާނުގައި ބުނެފައިވަނީ ބަދަލްތަކާއެކު ދާއިމީ ލިސްޓް އިޢުލާން ކޮށްފައިވަނީ ކުރިން އެކައުންސިލުން 17 އޮކްޓޯބަރު 2019 ވަނަ ދުވަހު އާންމުކުރި އެފަރާތުގެ (IUL)248-CAA/248/2019/104 ނަމްބަރު ޢިއުލާނަށް ހުށަހެޅި ޝަކުވާތަކާއި ގުޅިގެން ކަމަށެވެ.
އެގޮތުން ބަދަލުތަކާއި އެކު ހއ. އިހަވަންދޫން ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ޖުމްލަ 457 މީހުންގެ ލިސްޓް މިވަނީ އާންމުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!