އިހަވަންދޫ އައިސް ޕްލާންޓްގެ ކެޕޭސިޓީ 50 ޓަނަށް އިތުރުކޮށްފި

72739331_10156647339987078_3339983675671445504_n

ހއ އިހަވަންދޫގައި ބަހައްޓާފައިވާ މިފްކޯގެ އައިސް ޕްލާންޓުން ދުވާލަކު 50 ޓަނުގެ އައިސް އުފެއްދޭގޮތަށް ކެޕޭސިޓީ އިތުރުކޮށް ސްޓޯރޭޖް ބޭނުންކުރަން ފަށައިފިއެވެ.

މީގެ ކުރިން މިއައިސް ޕްލާންޓުން ދުވާލަކު އުފެއްދެނީ 25 ޓަނުގެ އައިސްއެވެ. މިބަދަލާއެކު އުކާލަންޖެހޭ މަސް މަދުވެ، މަސް ގަންނަ ފަރާތްތަކަށް ވިއްކާ މަހުގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ. މިއީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް އިހަވަންދޫއަށް ވެފައިވާ ވަޢުދެކެވެ.

އިހަވަންދޫއަކީ އަކީ އުތުރުގައި ފާހަގަކޮށްލެވޭ މަސްވެރި ރަށެކެވެ. ހާއްސަކޮށް ބޮޑު ކަންނަލީގެ މަސްވެރިކަންކުރާ ގިނަ ދޯނި ފަހަރު އިހަވަންދޫގައި އޮވެއެވެ. މަސްވެރިން ބޭނުންވާވަރަށް އައިސް ނުލިބޭ ކަމުގެ ސަކުވާއަކީ އަބަދުވެސް އަޑުއިވެމުންދާ ސަކުވާއެކެވެ.

<iframe src="https://web.facebook.com/plugins/post.php?href=https%3A%2F%2Fweb.facebook.com%2Fmordhsia%2Fposts%2F10156647341632078&width=500" width="500" height="766" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe>

އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ 106 މިލިއަން ދިވެހި ރުފިޔާ (6.9 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީގެ ތެރެއިން ދެ ރަށެއްގައި އައިސް ޕްލާންޓް އެޅުމަށް 8 މިލިއަން ދިވެހި ރުފިޔާ މިދިޔަ ޖޫންމަހުގެ ތެރޭގައި ކަނޑައަޅުއްވާފައިވާކަމަށް ފޮރިން މިނިސްޓްރީންވަނީ ހާމަކުރައްވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *