ހއ. ޖުޑިޝަލް ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ކުރިމަތިލުމުގެ ފުރުޞަތު، ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.
މިގޮތުން ޖޭއެސްސީއިން ކުރި ޢިއުލާނެއްގައި ވި ދާޅުވީ، މި މަޤާމަކީ ހއ. ޖުޑީޝަލް ދާއިރާގައި މަސައްކަތް ކުރައްވާ މެޖިސްޓްރޭޓުންނަށް ހުޅުވާލެވިފައިވާ ފުރުޞަތެއް ކަމަށެވެ.
މި މަޤާމުގެ ޝަރުޠެއްކަމަށް ކަނޑައަޅާފައި ވަނީ ވެސް، މި މަޤާމަށް ކުރިމަތިލައްވާ ފަރާތަކީ ހއ. ޖުޑީޝަލް ދާއިރާގެ ކޯޓެއްގެ އިސްމެޖިސްޓްރޭޓް ނުވަތަ މެޖިސްޓްރޭޓް ނުވަތަ ދާއިރާ މެޖިސްޓްރޭޓްކަމުގެ މަޤާމު އަދާކުރަމުން ގެންދާ ފަރާތަކަށްވުން ކަމަށެވެ.
މި ޤާމަށް ހޮވޭ ފަރާތަކަށް މުސާރައާއި، ލިވިން އެލަވަންސް އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 27،950 ރުފިޔާ ލިބޭނެއެވެ. އަދި ހެލްތު އިންޝުއަރެންސްގެ އިތުރުން މާލެ ފިޔަވައި އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރާ މެޖިސްޓްރޭޓުންނަށް މަހަކަށް 1،500 ރުފިޔާ ލިބޭނެއެވެ.
މި މަޤާމަށް ކުރަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން 09 ޑިސެންބަރު 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން ސިޓީއަކުން ޖޭއެސްސީގެ ރަސްމީ އީމެއިލްއަށް އެކަން އަންގަން ޖެހެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުނަމަ، ރަސްމީ ގަޑީގައި ޖޭއެސްސީގެ 3303501 ނަންބަރު ފޯނަށް ގުޅުއްވުމަށް އެ ކޮމި ޝަނުން ވަނީ އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!