ހީލަތުން 158 މީހެއްގެ އަތުން 7 މިލިއަނަށް ރުފިޔާ ނެގި މައްސަލާގައި ދައުވާކުރުމަށް ފޮނުވައިފި
ސައިކަލު ވިއްކާކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ މައްސަލައެއްގައި، ކުންފުންޏަކާއި އެ ކުންފުނީގެ ވެރިޔާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. ފުލުހުންގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް އިން މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްފަހު، ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ 2026 މާރިޗު 03 ވަނަ ދުވަހުއެވެ. ދައުވާކުރަނީ ކިންގްސްޓަން ހޯލްޑިންގްސް އާއި އޭގެ ވެރިޔާގެ މައްޗަށް މި މައްސަލާގައި ދައ...