ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް މައްސަލަ ފޮނުވާފައިވާކަމަށް މިއަދު ފުލުހުން ބުނެފިއެވެ.

މި މައްސަލާގައި ލ. މާވަށް / ނަލަހިޔާ، މޫސާ އިބްރާހީމް (29އ) އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ، މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ހައްޔަރުކުރި، ހދ. ނޮޅިވަރަންފަރު / އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް (29އ) ގެ މައްޗަށެވެ.

Ad
rt

މިގޮތުން އޭނާގެ ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.

މާވަށުގައި މީހަކު މަރާލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހުކަމަށާއި، މި މައްސަލަ މިހާރު ޕްރޮސެކިއުޓަރ ޖެެނެރަލްގެ އޮފީހުން ވަނީ ބަލައިގެންފައިކަމަށެވެ.

މާވަށުގައި މީހަކަށް ވަޅިން ހަމަލާދީ މަރާލައިފި

ދެ މީހުންގެ ދެމެދު ހިނގި މި މާރާމާރީގައި، މީހަކަށް ތޫނު އެއްޗަކުން ހަމަލާދިންކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ 2025 ޖުލައި 28 ވަނަ ދުވަހުގެ 10:12 އެހައިކަންހާއިރުއެވެ. އަދި މި މާރާމާރީގައި އަނިޔާވި މޫސާ އިބްރާހީމް މާވަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް ކަށަވަރުކޮށްދިން ކަމަށް ފުލުހުން ބުނެފައިވެއެވެ.