ލ. ގަމުގައި ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލެއް އަޅަން މުއިއްޒު ވައުދު ވެއްޖެ
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއްޖެނަމަ، ލ.ގަމުގައި ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލެއް އަޅަން ޕީޕީއެމް/ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު މިރޭ އިޢުލާން ކުރައްވައިފިއެވެ. ރޭ އެރަށުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލަކީ ރާއްޖޭގައި ކޮންމެހެން ހުންނަން ޖެހޭނެ ތަނެއްކަށާއި، އޭނާ ވެރިކަމެއްގައި ހުރިހާ އެންމެންގެ ވެސް މެންޓަލް ހެލްތައް ހާއްސަ އަހަމިއްޔަތު ކަމެއް ދެއްވާނެކަމަށެވެ. “އެ ހޮސްޕިޓަލް...