ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ހިލްމީ އާ އެކު އެމްޑީޕީގެ އެންމެ ވަރުގަދަ ދެ ޒުވާނުން އެ ޕާޓީ ދޫކޮށް، އިދިކޮޅު ޕީޕީއެމްއާ ގުޅިއްޖެއެވެ.

ތިނަދޫގައި ރޭ ބޭއްވި ޖަލްސާގައި ސައުދުﷲ ފޯމް ހަވާލު ކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއެވެ. ސައުދުﷲ ވަނީ މީގެކުރިން ޕީޕީއެމާ ވަކިވެވަޑައިގަތުމަށް ފަހު، ސިޔާސީ ހަރަކާތްތަކާ ދުރުގައި ހުންނަވައިފައެވެ.

Ad
rt

ސައުދު ވަނީ ދާދި ފަހުން ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށް ތިނަދު އަށް ވަޑައިގެންފައެވެ.

ކުރީގެ މެންބަރު ސައުދު ޕީޕީއެމް އަށް ސޮއިކުރެއްވުމަށްފަހު ފޯމު ހަވާލުކޮށް ދެއްވަނީ، ފޮޓޯ:ޕީޕީއެމް

ރޭ ސޮއިކުރި ދެ ޒުވާނުންނަކީ ކުރީގެ ތިނަދޫ ކައުންސިލް ރައީސް އަލީ އަމްޖަދާއި، ކުރީގެ ތިނަދޫ ކައުންސިލް ނައިބް ރައީސް އިބްރާހިމް ރިޔާޒުއެވެ. މިދެބޭފުޅުންކީވެސް އެމްޑީޕީގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި ދެޒުވާނުންނެވެ.

މުއިއްޒުއަށް ތާއީދުކުރީ މިސަރުކާރުން ވައުދުވި އެއްވެސް ކަމެއް ތިނަދޫއަށް ނުވެ ތިނަދޫ ރައްޔިތުންނަށް އެމްޑީޕީން ބޭވަފާވެފައި ވާތީކަމަށް މި ދެ ޒުވާނުން ވަނީ ބުނެފައެވެ.