މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެމްސީން ވާދަކުރައްވާ ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ލ އަތޮޅުގައި ޓްރާންޝިޕް ބަނދަރެއް ހައްދަވާނެކަމަށް ވިދާޅުވެއްޖެއެވެ.
ރޭ ލ. ފޮނަދޫގައި ކުރިއަށް ޖަލްސާގައި ވާހަކަފުޅު ދައްވަމުން މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ވެރިކަމަށް ވަޑައިގަންފި ނަމަ ލ.އަތޮޅު ގާދޫގައި ޓްރާންޝިޕްމެންޓް ބަނދަރެއް ހައްދަވާނެކަމަށެވެ. އަދި އެ އަތޮޅަށް ގިނަ ވައުދުތަކެއް ވެވަޑައިގެން މިރޭ އެކަން އިޢުލާން ކުރެވިއެވެ.
އެގޮތުން މުއިއްޒު ވިދާޅުވީ ލ.އަތޮޅުގެ ހުޅިމެންދޫގައި ރިސޯޓެއް ތަރައްގީކޮށް، އަމަލީ މައިދާނުގައި ތަޖުރިބާތައް ލިބޭ ހޮޓެލް ސްކޫލަކަށް ހައްދަވާނެ ކަމަށާއި، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ އަތޮޅު ބަރެސްދޫގައި އިއުލާން ކުރެއްވެވި އިންޓަގްރޭޓެޑް ޓްއަރިޒަމް މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށެވެ.
"ރާއްޖޭގެ މުސްތަގުބަލަށްޓަކައި ވަރަށް މުހިއްމު ދައުރެއް އަދާކުރާނެ އަތޮޅަކަށް ހައްދުއްމަތި ވާނެ، މިރަށުގައި ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދާނަން، އެއީ އާބާދީ އެއްފަސްކޮށް އިޤްތިސާދީ ނަފާ އިތުރު ކުރަން ކުރިއަށް ގެންދާނެ މަޝްރޫއެއް، ގެދޮރުވެރިކަމުގެ އެކަށީގެންވާ މަޝްރޫއެއް ކުރިއަށް ގެންދަން ޖެހޭނެ." ލ ފޮނަދޫގައި ރޭ ކުރިއަށް ދިޔަ ޖަލްސާގައި މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ލޭންގްއޭޖް ސްކޫލެއް ގާއިމު ކުރާނަނެ ކަމަށާއި އޭގެތެރެއިން އެއް ސްކޫލް ހުންނާނީ ލ.އަތޮޅު ފޮނަދޫގައި ކަމަށެވެ. އަދި ފޮނަދޫގެ ސަރުކާރު އޮފީސްތައް އެއްފުރާޅެއްގެ ދަށަށް ގެނައުމަށް ބޮޑު އޮފީސް ކޮޕްލެކްސްއެއް އަޅުއްވާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ހަމައެހެންމެ ހައްދުއްމައްޗަކީ އާބާދީ އެއްފަސްކޮށް ދިވެހިރާއްޖޭގެ މުސްތަގުބަލް ބިނާ ކުރުމުގައި މުހިއްމު ދައުރެއް އަދާކުރެވޭނެ އަތޮޅެކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެ އަތޮޅަކީ ބިން ބޮޑު އަތޮޅެއް ކަމުން ކޮންވެންޝަންތައް ބޭއްވުމަށް ކޮންވެންޝަން ސެންޓަރެއް ގާއިމު ކުރައްވާނެކަށާއި އަދި އައްސޭރި ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ އިތުރުން ލ.ގަމު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރައްވާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވެރިކަމެއްގައި އެންމެ އިސްކަން ދޭނީ ޒުވާނުންނަށް. ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ގާއިމް ކުރާނަން. ރަނގަޅު ފެންވަރުގެ ސްޕޯޓް ކޮމްޕްލެކްސް އެއް ގަމާއި ފޮނަދޫގައި ގާއިމު ކުރާނަން." ޖަލްސާއަށް ހާޒިރުވި ގިނަ އަދަދެއްގެ ޒުވާނުންނާއި ހުމާތަބުކޮށް މުއިއްޒު ވިދާޅުވިއެވެ. އަދި މިހާތަނަށް އެންމެ ގިނަ ޒުވާނުން އޭނާއަށް މަރުހަބާ ކިޔަން ނުކުތީ ލ އަތޮޅުންކަން ވެސް މުއިއްޒު ފާހަގަ ކުރެއްވިއެވެ.
މުއިއްޒު ވިދާޅުވީ ހައްދުއްމައްޗަކީ ދިވެހިރާއްޖޭގެ މުސްތަގުބަލް ބިނާ ކުރުމުގައި މުހިއްމު ދައުރެއް އަދާކުރެވޭނެ އަތޮޅެކެވެ. އެގޮތުން އެއްފަސްކުރުމުގެ ވިސްނުމުގައި ކުރިއަށް ވަޑައިގަންނާވެ ކަމަށާއި، އެ އަތޮޅުން އެ މުސްތަޤްބަލު ފެންނަން އެބަ އޮތްކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!