ބ. އޭދަފުށީގައި ހައުސިންގެ ބޮޑު މަޝްރޫއެއް ހިންގެވުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުގައި މުއިއްޒު ވަނީ ވަނީ ކުރިއަށް އޮތް ފަސް އަހަރު، އޭދަފުށީގައި ފުރިހަމަކޮށް ދެއްވާނެ ކަންކަން އިއުލާން ކުރައްވައިފައެވެ.
މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި ބަނދަރު ހެދުމާއި ހިއްކި ބިން ތަރައްގީ ކުރުމާއި މާއްޑޫ އިހްތިސާސް ތެރޭގައި ހިމެނުމާއި ސްޕޯޓްސް ކޮމްޕްލެކްސް ގާއިމު ކުރުމާއި ހަދަން ހުރި ހުރިހާ މަގެއް ހެދުމާއި ގައުމީ ޔުނިވަސިޓީގެ ކެމްޕަހެއް ހެދުމާއި ކޮންވެންޝަން ސެންޓަރެއް އެޅުމާއި އާޓިފިޝަލް ބީޗެއް ހެދުން ހިމެނެއެވެ.
"އިރާދަކުރެއްވިއްޔާ މުޅި ގައުމީ ހައުސިން ޕޮލިސީގެ ތެރެއިން މުހިންމު ކަމެއް ދެވޭ، އެންމެ ގިނަ ހައުސިން ޔުނިޓް އެޅޭ އެއް ރަށް ކަމުގައި މި ރަށް ވެގެންދާނެ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މި ރަށުގެ ތަރައްގީ އަށް ހިއްކި ބިމުގެ ބޭނުމެއް ނުހިފުނު ކަމަށެވެ. ޕީޕީއެމް/ޕީއެންސީގެ އެންމެ މުހިންމު ސިޔާސަތަކީ ބޯހިޔާވަހިކަން ކަމަށާއި އޭދަފުށީގައި ހައުސިންގެ ބޮޑު މަޝްރޫއެއް ހިންގަވައި ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!