ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއްޖެނަމަ، ލ.ގަމުގައި ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލެއް އަޅަން ޕީޕީއެމް/ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު މިރޭ އިޢުލާން ކުރައްވައިފިއެވެ.

ރޭ އެރަށުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލަކީ ރާއްޖޭގައި ކޮންމެހެން ހުންނަން ޖެހޭނެ ތަނެއްކަށާއި، އޭނާ ވެރިކަމެއްގައި ހުރިހާ އެންމެންގެ ވެސް މެންޓަލް ހެލްތައް ހާއްސަ އަހަމިއްޔަތު ކަމެއް ދެއްވާނެކަމަށެވެ.

"އެ ހޮސްޕިޓަލް އަޅާނީ ވަރަށް ހިތްފަސޭހަ ގަސްގަހާގެހި ގިނަ ހިތް ގައިމު މީހުން ބާރުބޮޑުވުން މަދު، އެކަހަލަ ތަނަކަށް ދިޔައީމަ ހިތްފަސޭހަ ކަން ލިބޭނެ މާހައުލެއް ގައި، އެހެންވީމާ ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލެއް އަޅާނީ އިރާދަކުރެއްވިއްޔާ ގަމުގައި ކަން އިއުލާން ކުރަން." މުއިއްޒު ވިދާޅުވިއެވެ.

Ad
rt

މުއިއްޒު ވިދާޅުވީ، ބޭރުގެ ގައުމުތަކުގައި ވެސް މެންޓަލް ހެލްތް ހޮސްޕިޓަލްތައް ޤާއިމް ކޮށްފައި ވަނީ ފެހި ގަސް ގިނަ ހިތް ފަސޭހަ މާހައުލެއްގައި ކަމަށެވެ. އެހެންކަމުން ގަމުގައި މެންޓަލް ހެލްތް ހޮސްޕިޓަލް އަޅުއްވަން ނިންމެވީ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ މުއިއްޒު ވިދާޅުވީ މިހާރު ގަމުގައި ހުރި ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް ހުރިހާ ހިދުމަތްތަކެއް ގާއިމްކޮށްދެއްވާނެ ކަމަށާއި، އެ ހޮސްޕިޓަލް ވެގެން ދާނީ ތަފާތު ޚިދުމަތްތަކެއް ފޯރުކޮށްދޭ ހޮސްޕިޓަލަކަށް ކަމަށެވެ.