އިދިކޮޅުގެ ބޮޑު ހިނގާލުން ފަށައިފި
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ”ބުންވަރު”ގެ ނަމުގައި ކުރިއަށް ގެންދާ ބޮޑު ހިނގާލުން ފަށައިފިއެވެ. މިއަދު ހަވީރު 16:00 ގައި ފެށި މި ހިނގާލުމުގައި ގިނަ އަދަދެއްގެ އިދިކޮޅުގެ ސަޕޯޓަރުން އަންނަނީ ބައިވެރިވަމުންނެވެ. ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ މާލޭގައި ހުންނަ މައި އޮފީސް ދޮރުމަތިން ފެށި މިހިނގާލުމުގެ ބައިވެރިން ހިފަހައްޓައިގެންތިބި ބެނާތަކަށް ބަލާއިރު ”އިންސާފު ގާއިމުކުރޭ” ލިޔެފައިވާ ބޮޑު ބެނާއެއް ހިނގާލުމުގެ ކުރިން ފެނެއެވެ. މި ހިނގާލުމުގެ ބައިވ...