ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީ އަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އެއްވެސް ޝައުގެއް ނެތްކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި އިއްޔެ އއ. މާޅޮހަށް ވަޑައިގެން ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ދެއްކެވިވާހަކަފުޅުގައި ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެހެން ޕާޓީއަކަށް ވެރިކަމަށް އައުމުގެ ފުރުސަތެއް ކިރިޔާ ވެސް އޮތީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގަޑުބަޑުކޮށްގެން ކަމަށާއި، އެކަމުގެ މަސައްކަތްތައް ބަޔަކު ކުރާތަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅު، އެކަމަށް އެމްޑީޕީ މެންބަރުން ސަމާލުވުމަށް އެދިވަޑައިގެންފައެވެ.

Ad
rt

ރައީސް ޞާލިޙް މިހެން ވިދާޅުވުމުން ‘’އިދިކޮޅުން ޕްރައިމަރީ ގަޑުބަޑުކުރަން އުޅޭކަމަށް ރައީސް ތުހުމަތު ކުރަށްވައިފަ’’ މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ޝާއިއުކޮށްފައިވާ ޚަބަރަކަށް އިޝާރާތް ކުރަށްވަމުން އިދިކޮޅު ކޯލިޝަންގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީއަށް އިދިކޮޅުގެ އެއްވެސް ޝައުގެއްނެތް ކަމަށެވެ.

އިދިކޮޅުގެ ހުރިހާފޯކަސްއެއް ހުރީ ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމުން މިނިވަންކުުރުމަށް ކަމަށް ހީނާ ވިދާޅުވެފައެވެ.

’’އަޅުގަނޑުމެން ތައްޔާރުވަމުން މިދަނީ ރައީސް ޔާމީން ގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންއަށް’’ ހީނާ ވިދާޅުވެފަވެއެވެ.