Skip to main content
Topic Archive

#ޕެންޝަން އޮފީސް

20 Stories filed
ޕެންޝަން ފަންޑު 60 ބިލިއަނަށް އިތުރުކޮށް، ނުދައްކާ ހުރި 100 މިލިއަން ހޯދަން އެއް އަހަރުގެ އަމާޒެއް!
Business

ޕެންޝަން ފަންޑު 60 ބިލިއަނަށް އިތުރުކޮށް، ނުދައްކާ ހުރި 100 މިލިއަން ހޯދަން އެއް އަހަރުގެ އަމާޒެއް!

ޕެންޝަން ފައިސާގެ ގޮތުގައި ދައްކަން ޖެހި ނުދައްކާ ހުރި 100 މިލިއަން ރުފިޔާ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޕެންޝަން ފަންޑު 60 ބިލިއަން ރުފިޔާއަށް އިތުރުކުރުމަކީ އަމާޒެއް ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުހައްމަދު ވިދާޅުވެއްޖެއެވެ. ޔަޒްމީދު މިހެން ވިދާޅުވީ ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ހދ. ހަނިމާދޫގައި ކުރިއަށްގެންދިޔަ “ތްރީ ޖެނެރޭޝަން ވޯކް” (3ޖެން ވޯކް) […]

ތިން ޖީލު އެކުގައި: ޕެންޝަން އޮފީހުގެ ހިނގާލުމާއި އާއިލީ ހަވީރު ހަނިމާދޫގައި ބާއްވައިފި
Thiladhunmathi News

ތިން ޖީލު އެކުގައި: ޕެންޝަން އޮފީހުގެ ހިނގާލުމާއި އާއިލީ ހަވީރު ހަނިމާދޫގައި ބާއްވައިފި

ޕެންޝަން އޮފީހުން ސިލްސިލާކޮށް ބާއްވަމުން އަންނަ “ތްރީ ޖެނެރޭޝަން ވޯކް” (3ޖެން ވޯކް) ގެ ހަތަރުވަނަ ހިނގާލުމާއި އާއިލީ ހަވީރު ހދ. ހަނިމާދޫގައި ބާއްވައިފިއެވެ. މިއީ ކުޑަކުދިންނާއި ބޮޑެތި މީހުން އަދި ދޮށީއުމުރުގެ މީހުން ހިމެނޭހެން، ތިން ޖީލެއްގެ މީހުން ބައިވެރިކޮށް މުޅި އާއިލާއަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގެ އެންމެ ޚާއްޞަ އަދި މުހިންމު އެއް ބަޔަކީ، އެއް އާއިލާއެއްގެ ތިން ޖީލުގެ މެންބަރުން އެކުއެކީގައި ކުރިއަށްގެންދިޔަ އެއް ކިލޯމީޓަރުގެ ރަމްޒީ ހިނގާލުމެވެ. މި […]

ޕެންޝަންގެ މުހިންމު މަޢުލޫމާތުތައް ދިނުމަށް ހަނިމާދޫގައި ޚާއްޞަ ސެޝަނެއް މާދަމާ ރޭ
Raajje

ޕެންޝަންގެ މުހިންމު މަޢުލޫމާތުތައް ދިނުމަށް ހަނިމާދޫގައި ޚާއްޞަ ސެޝަނެއް މާދަމާ ރޭ

ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ މެދުގައި ޕެންޝަން ނިޒާމަށް ހޭލުންތެރިކަން އިތުރުކުރުމަށް ޕެންޝަން އޮފީހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. ހަނިމާދޫގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްޞަކޮށްގެން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ޕެންޝަން އޮފީހުން ތައްޔާރުވެއްޖެއެވެ. ޕެންޝަން އޮފީހުން ބުނީ، މި ސެޝަން ކުރިއަށްދާނީ މާދަމާ، 15 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:00 ގައި، ހަނިމާދޫ އިޖުތިމާޢީ މަރުކަޒުގައި ކަމަށެވެ. މި ބައްދަލުވުމަކީ އެ ރަށުގައި ވަޒީފާ އަދާކުރާ ފަރާތްތަކަ...

މުސްތަޤުބަލުގެ ކެރިއަރަށް ތައްޔާރުވާން ހަނިމާދޫ ސްކޫލު ދަރިވަރުންނަށް ޕެންޝަން އޮފީހުގެ އެހީތެރިކަން
Raajje

މުސްތަޤުބަލުގެ ކެރިއަރަށް ތައްޔާރުވާން ހަނިމާދޫ ސްކޫލު ދަރިވަރުންނަށް ޕެންޝަން އޮފީހުގެ އެހީތެރިކަން

ހދ. ހަނިމާދޫ ސްކޫލުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން މާލީ ހޭލުންތެރިކަމާއި، ކެރިއަރ ބައްޓަންކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ދެ ސެޝަނެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށް ޕެންޝަން އޮފީހުން މިއަދު ބުނެފިއެވެ. މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ޕެންޝަން އޮފީހުގެ “ކެރިއަރ ކޮމްޕަސް” އަދި “ޑޯނަޓްސް އެންޑް ފައިނޭންސް” ޕްރޮގްރާމްތަކުގެ ތެރެއިންނެވެ. މި ސެޝަންތަކުގެ މައިގަނޑު އަމާޒަކީ ދަރިވަރުންގެ ޕްރޮފެޝަނަލް ހުނަރުތައް ތަރައްޤީކުރުމާއި، އަމިއްލަ މާލީ ކަންކަން ހަރުދަނާ އަދި ދެމެހ...

ތިން ޖީލު އެކުގައި، ޕެންޝަން އޮފީހުގެ ''3ޖެން ވޯކް'' މިމަހު ހަނިމާދޫގައި
Raajje

ތިން ޖީލު އެކުގައި، ޕެންޝަން އޮފީހުގެ ''3ޖެން ވޯކް'' މިމަހު ހަނިމާދޫގައި

ޕެންޝަން އޮފީހުން ސިލްސިލާކޮށް ބާއްވަމުން އަންނަ “ތްރީ ޖެނެރޭޝަން ވޯކް” (3ޖެން ވޯކް) ގެ ހަތަރުވަނަ އެޑިޝަން، މި މަހުގެ 17 ވަނަ ދުވަހު ހދ. ހަނިމާދޫގައި ބޭއްވުމަށް ނިންމައިފިއެވެ. މިއީ ކުޑަކުދިންނާއި ބޮޑެތި މީހުން އަދި ދޮށީއުމުރުގެ މީހުން ހިމެނޭހެން، މުޅި އާއިލާއަށް ހާއްސަކޮށްގެން ބާއްވާ ހިނގާލުމެކެވެ. މި ހަރަކާތަކީ ދުޅަހެޔޮކަމާއި މާލީ ރައްކާތެރިކަން އިތުރުކުރުމާއެކު، ފަހަށް ފައިސާ ރައްކާކުރުމާއި، އިންވެސްޓްކުރުން އަދި ރިޓަޔާމަންޓަށް ތައްޔާރުވުމުގެ މުހިންމުކަމާމެދު އާއިލާގެ ހުރިހާ މެންބަރުންގެ މެދ...

ޕެންޝަން އޮފީހުގެ އާ ސީއީއޯގެ މަގާމަށް ޖޭއެސްސީގެ ކުރީގެ ނައިބު ޔަޒްމީދު އައްޔަންކޮށްފި
Raajje

ޕެންޝަން އޮފީހުގެ އާ ސީއީއޯގެ މަގާމަށް ޖޭއެސްސީގެ ކުރީގެ ނައިބު ޔަޒްމީދު އައްޔަންކޮށްފި

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމަށް ޔަޒްމީދު މުހައްމަދު އައްޔަންކޮށްފިއެވެ. ޕެންޝަން އޮފީހުން ބުނި ގޮތުގައި، އޭނާ މި މަގާމަށް އައްޔަންކުރީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޕެންޝަން އޮފީހުގެ ބޯޑުން ޔަޒްމީދު މި މަގާމަށް އައްޔަންކޮށްފައި ވަނީ ކުރިއަށް އޮތް އާދިއްތަ ދުވަހުން ފެށިގެންނެވެ. މި މަގާމުގައި ކުރިން ހުންނެވި ސުޖާތާ ހިލްމީ ވަނީ މި […]

ކުޅުދުއްފުށީގެ "އިސްރަށްވެހިންގެ ޕާކު" ހުޅުވައިފި
Thiladhunmathi News

ކުޅުދުއްފުށީގެ "އިސްރަށްވެހިންގެ ޕާކު" ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ޕެންޝަން އޮފީސް ގުޅިގެން، އެ ސިޓީގެ އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން ތަރައްޤީކުރި “އިސްރަށްވެހިންގެ ޕާކު” ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މި ޕާކު ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އަތިފާއި، ސިޓީ ކައުންސިލްގެ މެންބަރުންނާއި، ޕެންޝަން އޮފީހުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރަށުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުންވެސް މި ރަސްމިއްޔ...

ގަދަނުވާ ވަރަށް ބަލިވުމުން މިހާރު ޕެންޝަން ފައިސާ ބޭނުންކުރެވޭނެ
Raajje

ގަދަނުވާ ވަރަށް ބަލިވުމުން މިހާރު ޕެންޝަން ފައިސާ ބޭނުންކުރެވޭނެ

އަހަރަކަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ހުންނާނެ ކަމުގެ އުއްމީދެއް ނެތް މީހުންނަށް ޕެންޝަން އެކައުންޓްގައި ހުރި ފައިސާ ބޭނުންކުރެވޭގޮތަށް ފާސްކޮށްފައިވާ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ މިދިޔަ މޭ މަހުގެ 14 ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި އިޞްލާޙުގެ ދަށުން ޕެންޝަން ނިޒާމަށް […]

ޕެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓް ޕްރޮގްރާމް އިއުލާން ކޮށްފި
Raajje

ޕެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓް ޕްރޮގްރާމް އިއުލާން ކޮށްފި

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން (އެމްޕީއޭއޯ) 2025 ވަނަ އަހަރަށް ސީއެސްއާރު ގްރާންޓް ޕްރޮގްރާމް އިއުލާން ކޮށްފިއެވެ. މި ޕްރޮގްރާމަކީ އެ އޮފީހުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން މުޖުތަމައުގެ ބޭނުންތަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރޭވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މަޤްޞަދަކީ އިޖްތިމާއީ ދުޅަހެޔޮކަމާއި، ތިމާވެށި ދެމެހެއްޓުމާއި، އިޤްތިޞާދީ ކުރިއެރުމާއި އަދި މުޖުތަމައު ބާރުވެރިކުރުވުމަ...

ޕެންޝަން ސްކީމްގެ ދަށުން މީހުން ހައްޖަށް ގެންދިއުމުގެ އެއްބަސްވުން ހެދުމުގެ ފުރުސަތު ހުޅުވާލައިފި
Raajje

ޕެންޝަން ސްކީމްގެ ދަށުން މީހުން ހައްޖަށް ގެންދިއުމުގެ އެއްބަސްވުން ހެދުމުގެ ފުރުސަތު ހުޅުވާލައިފި

ޕެންޝަން ސްކީމްގެ ދަށުން މީހުން ހައްޖަށް ގެންދިއުމުގެ އެއްބަސްވުން ހެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ސަރުކާރުން ހުއްދަ ދީފައިވާ އަމިއްލަ ކުންފުނިތަކަށް އެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. އެގޮތުން މި މެއި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު، އެއްބަސްވުން ހަދަން ބޭނުންވާ ފަރާތަތްތަކުން ސިޓީއަކުން ނުވަތަ މެއިލް މެދުވެރިކޮށް އެންގުމަށް ޕެންޝަން އޮފީހުން ވަނީ އެދިފައެވެ. ޕެންޝަން ފައިސާއިން ހައްޖުގެ އަޅުކަން އަދާކުރެވެނީ ޕެންޝަން ފަންޑުގައި މަދުވެ...

ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި
Raajje

ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވައިލީ އެ އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ 4 މެންބަރުންގެ ތެރެއިން 1 މެންބަރުގެ ޖާގަ ހުސްވެފައިވާތީ އެވެ. ޕެންޝަން އޮފީހުގެ ބޯޑު މެމްބަރުކަމަށް ކުރިމަތިލައްވަން ބޭނުން ފަރާތްތަކުން މި ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އެޕްލިކޭޝަން ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ. ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުން ޕެންޝަން އޮފީހުގެ ބޯޑަށް ޢައްޔަން ކުރައްވަނީ...

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ސުޖާތާ އައްޔަން ކުރައްވައިފި
Raajje

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ސުޖާތާ އައްޔަން ކުރައްވައިފި

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޓިވް އޮފީހުގެ ސީއީއޯގެ މަގާމަށް ސުޖާތާ ހަލީމް އައްޔަން ކުރައްވައިފި އެވެ. އެ އޮފީހުގެ އެކްޓިންގ ސީއީއޯގެ މަގާމުގައި ހުންނެވި ސުޖާތާ، ސީއީއޯގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޕެންޗަނާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ފަސް އަހަރުގެ މުއްދަތަށް ކަމަށެވެ. 2015 ވަނަ އަހަރުން ފެށިގެން އެ އޮފީހުގެ ޗީފް އޮޕަރޭޓިންގ އޮފިސަރުގެ މަގާމް އަދާ ކުރައްވާފައިވާ ސުޖާތާއަކީ ޒަމާނީ ޕެންޝަން ނިޒާމެއް ތައާރަފް ކުރަން ކުރި މަސައްކަތުގެ އެންމެ ކުރީ ސަފުގައި...

ޕެންޝަން އޮފީހުގެ ޗެއާޕާސަން ކަމަށް ޑރ. އިނާޒް
Raajje

ޕެންޝަން އޮފީހުގެ ޗެއާޕާސަން ކަމަށް ޑރ. އިނާޒް

މޯލްޑިވްސް ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އަހުމަދު އިނާޒް ހަމަޖައްސަވައިފިއެވެ. ޕެންޝަނާ ބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ރައީސުލް ޖުމްހޫރިއްޔާ ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ކަމަށް ޑރ. އިނާޒް ޢައްޔަނު ކުރައްވާފައި މިވަނީ އެ ޤާނޫނުގައި ބުނާ ފަދައިން ސިވިލް ސާވިސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީއާއި ސޯޝަލް ސެކިއުރީގެ ކަންތައްތައް ބަލަަހައްޓަވާ ވުޒާރާ ގުޅިގެން އުފެއްދި ސިލެކްޝަން ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައިވާ ނަން ތަކުގެ ތެރެއިންނެވެ....

މިދިޔަ އަހަރު ޕެންޝަން ފަންޑަށް، އިންވެސްޓްމަންޓް ފައިދާގެ ގޮތުގައި 625 މިލިޔަން ރުފިޔާ
Raajje

މިދިޔަ އަހަރު ޕެންޝަން ފަންޑަށް، އިންވެސްޓްމަންޓް ފައިދާގެ ގޮތުގައި 625 މިލިޔަން ރުފިޔާ

ފާއިތުވި 2021 އަހަރު ޕެންޝަން ފަންޑުގެ އިންވެސްޓްމަންޓް ފައިދާގެ ގޮތުގައި 625 މިލިޔަން ރުފިޔާ ލިބިފައިވާ ކަން ޕެންޝަން އޮފީހުގެ އަހަރީ ރިޕޯރޓުގައި ހަމާކޮށްފިއެވެ. ޕެންޝަން އޮފީހުން ބުނީ، މިއީ 2020 ވަނަ އަހަރުގެ ފައިދާއަށްވުރެ %11.6 މަތި އަދަދެއްކަމަށެވެ. އަދި މިއީ ކޯވިޑް 19 ގެ ކުރިން އެފަންޑުގެ ފައިދާއިން އަހަރަކަށް ޖެހޭ އެވްރެޖް %5 އަށް ވުރެ ވެސް މަތީ އަދަދެއްކަމަށް އެ ރިޕޯގައި ބުނެފައިވެއެވެ. މީގެއިތުރުން 2021 ވަނަ އަހަރަކީ ޕެންޝަން އޮފީހުން […]

އިސްރަށްވެހިންގެ ހައްގުތައް ރައްކާތެރިކުރުމަށް، ޕެންޝަން އޮފީހާއި އެކު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި
Raajje

އިސްރަށްވެހިންގެ ހައްގުތައް ރައްކާތެރިކުރުމަށް، ޕެންޝަން އޮފީހާއި އެކު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި

އިސްރަށްވެހިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި، ޕެންޝަން އޮފީހާއި ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުއިއްޔާއާއި ދެމެދު މެމަރަންޑަމް އޮފް އަންޑަސްޓޭންޑިންގް (އެމް.އޯ.ޔޫ) އެއްގައ ސޮއިކޮށްފިއެވެ. ޕެންޝަން އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި މިއެމްއޯޔޫގައި ސޮއިކޮށްފައިވަނީ މިއަދުއެވެ. އެއޮފީހުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކްޓިންގ ޗީފް އެގްޒެކްޓިވް އޮފިސަރ ސުޖާތާ ޙަލީމް އެވެ. އަދި ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުއިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމުއިއްޔާގެ ރައީސް ޢަބްދު...