އިސްރަށްވެހިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި، ޕެންޝަން އޮފީހާއި ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުއިއްޔާއާއި ދެމެދު މެމަރަންޑަމް އޮފް އަންޑަސްޓޭންޑިންގް (އެމް.އޯ.ޔޫ) އެއްގައ ސޮއިކޮށްފިއެވެ.

ޕެންޝަން އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި މިއެމްއޯޔޫގައި ސޮއިކޮށްފައިވަނީ މިއަދުއެވެ. އެއޮފީހުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކްޓިންގ ޗީފް އެގްޒެކްޓިވް އޮފިސަރ ސުޖާތާ ޙަލީމް އެވެ. އަދި ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުއިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމުއިއްޔާގެ ރައީސް ޢަބްދުލްޢަޒީޒް ޔޫސުފް އެވެ.

Ad
rt

‎އެގޮތުން މިއެމްއޯޔޫ ގެ ސަބަބުން އިސްރަށްވެހިންގެ ހައްގުތަށް ރައްކާތެރިކޮށް، އިސްރަށްވެހިންނަށް ގަދަރުވެރިކަމާއެކު، ދުޅަހެޔޮ ސިއްހަތެެއްގައި ހަރަކާތްތެރިވެއުޅުމަށް މަގުފަހިވެގެންދާނެއެވެ. އަދި އެކަމަށްޓަކައި އިސްރަށްވެހިންގެ ޖަމުއިއްޔާ އިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުންދެއްވާނެ ކަމަށްވެސް ޕެންޝަން އޮފީހުން ވިދާޅުވެފައިވެއެވެ.

މީގެއިތުރުން އެއޮފީހުން ވިދާޅުވީ މި އެމް.އޯ.ޔޫގެ ދަށުން ޕެންޝަން އޮފީހުން އިސްރަށްވެހިންގެ ޖަމުއިއްޔާގެ އިދާރީ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އިސްރަށްވެހިންނަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކުގައި ދެފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.