މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ޕާކިސްތާން އެމްބަސީ/ރާއްޖެ

28 Stories filed
ރާއްޖެ-ޕާކިސްތާން ގުޅުމަށް 60 އަހަރު: ރައީސްގެ ޕާކިސްތާނު ދަތުރުފުޅު މިމަހުގެ 20 ގައި
Raajje

ރާއްޖެ-ޕާކިސްތާން ގުޅުމަށް 60 އަހަރު: ރައީސްގެ ޕާކިސްތާނު ދަތުރުފުޅު މިމަހުގެ 20 ގައި

ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި ހިނގާ އޮކްޓޫބަރު މަހުގެ 20 އިން 22 އަށް އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަން ނިންމަވާފައިވާކަމަށް ދިވެހި ސަރުކާރުން ރަސްމީކޮށް މިއަދު ޢިއުލާންކޮށްފިއެވެ. ތިން ދުވަހުގެ މި ރަސްމީ ދަތުރުފުޅު ރައީސް އޮފީހުން ކަށަވަރުކޮށްދީފައިވާއިރު، ޕާކިސްތާނުގެ ނޫސްތަކުން ވެސް ވަނީ މި ދަތުރުފުޅުގެ މަޢުލޫމާތު ރިޕޯޓްކޮށްފައެވެ. މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު، ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީއާ...

ޕާކިސްތާނުގެ އައު ސަފީރު މަޤާމުގެ ފަތްކޮޅު ރައީސަށް އަރުވައިފި
Raajje

ޕާކިސްތާނުގެ އައު ސަފީރު މަޤާމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ރިޓަޔާޑް ވައިސް އެޑްމިރަލް ފައިސަލް ރަސުލް ލޯދީ އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުޢިއްޒުއަށް މިއަދު ހެނދުނު އަރުއްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ރައީސް އޮފީހުގައެވެ. ފަތްކޮޅު އެރުއްވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ. ސަފީރުގެ ފަތްކޮޅު ރައީސް މުޢ...

ރާއްޖެއަށް ބޭނުން ޖެހިފައިވާ ކަންކަމަށް އެހީވާނަން: ޕާކިސްތާނު
Raajje

ރާއްޖެއަށް ބޭނުން ޖެހިފައިވާ ކަންކަމަށް އެހީވާނަން: ޕާކިސްތާނު

ރާއްޖެ އަށް މިވަގުތަށް އެންމެ ބޮޑަށް ބޭނުންވާ ކަންކަމުގައި އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ޕާކިސްތާނުން ދީފައިވާ ކަމަށް ދިވެހިން ސަރުކާރުން މިއަދު ބުނެފި އެވެ. ޕާކިސްތާނުން އެ ޔަގީން ކަން ދީފައި ވަނީ އެ ގައުމުގެ 8 ވަނަ ކެއާޓޭކަރ ބޮޑުވަޒީރު ނުވަތަ އިންތިހާބީ ބޮޑުވަޒީރު އަންވާރުލް ހައްގު ކަކަރް އާ އެކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި މަޝްވަރާތަކުގަ އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މި މަޝްވަރާތަކުގައި ރާއްޖެ އާއި ޕާކިސްތާނާ […]

ޕާކިސްތާނުގެ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ނަޖީހާގެ ނަން މަޖިލީހަށް!
Raajje

ޕާކިސްތާނުގެ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ނަޖީހާގެ ނަން މަޖިލީހަށް!

ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާ އައު ސަފީރުގެ މަގާމަށް ހ. ސެލީނާ، ޚަދީޖާ ނަޖީޙާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. އެ މަގާމަށް ނަޖީޙާ އައްޔަން ކުރެއްވުމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިހު ފޮނުއްވި ސިޓީފުޅު މަޖިލީއަށް މިއަދު އިއްވަވާފައިވާއިރު، އޭނާ އެ މަގާމަށް އައްޔަން ކުރެއްވުމުގެ މަސަކައްކަތް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީ އަށް ވަނީ ފޮނުވާފައެވެ. ނަޖީހާ އަކީ 1999 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހާރިޖީއްޔާގައި މަސައްކަތް ކުރައްވަމު...

ރާއްޖެ-ޕާކިސްތާނުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކޮށްފި
Raajje

ރާއްޖެ-ޕާކިސްތާނުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކޮށްފި

ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާ ކުރައްވާފައިވަނީ ޕާކިސްތާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުޙައްމަދު ފައްޔާޒް ގިލާނީ، ނައިބު ރައީސް ފައިޞަލް ނަސީމްގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ. ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެޤައުމުގެ ދެމެދުގައިވާ ޒަމާންވީ ރަޙްމަތްތެރި ގުޅުން ބިނާވެފައި ވަނީ ދެ ޤައުމުގެ ދެމެދުގަ...

ޕާކިސްތާނުގައި ހާލުގައި ޖެހިފައިތިިބި އަންހެނުންނަށް ބީސީއެމް އިން ފައިސާގެ އެހީތެރިކަމެއް
Raajje

ޕާކިސްތާނުގައި ހާލުގައި ޖެހިފައިތިިބި އަންހެނުންނަށް ބީސީއެމް އިން ފައިސާގެ އެހީތެރިކަމެއް

ޕާކިސްތާނުގައި ހާލުގައި ޖެހިފައިތިިބި އަންހެނުންނަށް ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް) އިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ. ބީސީއެމް އިން ބުނީ ފައިސާގެ އެހީތެރިކަން ފޮރުކޮށްދިނުމަށް، މާލޭގައި ހުންނަ ޕާކިސްތާނުގެ އެމްބަސީގައި ހާއްސަ ހަފުލާއެއް ބާއްވާފައިވާ ކަމަށެވެ. އަދި ގާތްގަޑަކަށް ބައިލައްކަ ރުފިޔާ ހަދިޔާކޮށްފައިވާ ކަމަށެވެ. އެގޮތުން 46،327 ރުފިޔާ، ހަދިޔާކޮށްފައިވާ ކަމަށް ބުނެއެވެ. ޕާކިސްތާން ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ އެގައުމުން ރާއްޖެއަށް ކަނޑައަޅު...

ޕާކިސްތާނުގައި ދިވެހި ނޫސްވެރިން ތަމްރީނު ކުރަން މަޝްވަރާ ކޮށްފި
Raajje

ޕާކިސްތާނުގައި ދިވެހި ނޫސްވެރިން ތަމްރީނު ކުރަން މަޝްވަރާ ކޮށްފި

ޕާކިސްތާނަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) އާއި ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީ އާއެކު މަޝްވަރާ ކޮށްފި އެވެ. މި މަޝްވަރާ ކުރައްވާފައި ވަނީ ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔާޑް) މުޙައްމަދު ފައްޔާޒް އާއެކު ރާއްޖޭގެ މީޑިއާ ކައުންސިލުން މިއަދު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ. މާލޭގައި ހުންނަ އެގައުމުގެ ހައިކޮމިޝަން އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގައި ތަޢުލީމީ ހިދުމަތްދޭ މުއައް...

ޕާކިސްތާން ކަލްޗަރަލް ނައިޓް އިފްތިތާހު ކޮށްފި
Raajje

ޕާކިސްތާން ކަލްޗަރަލް ނައިޓް އިފްތިތާހު ކޮށްފި

ޕާކިސްތާން ކަލްޗަރަލް ނައިޓް އިފްތިތާހު ކޮށްފި އެވެ. މިއީ، މި އަހަރު ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހިފައިވާ އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް)ގެ ފަރާތުން އިންތިޒާމުކުރި ހަރަކާތެކެވެ. މެންހެޓަން ބިޒްނަސް ހޮޓެލްގައި އިންތިޒާމުކުރި ޕާކިސްތާން ކަލްޗަރަލް ނައިޓް، އިފްތިތާހުކޮށްދެއްވީ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރ ޢާއިޝަތު ނަހުލާ އެވެ. ބީސީއެމް އިން ވިދާޅުވީ ޕާކިސްތާނުގެ ސަގާފަތް ދައްކުވައ...

ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން ބިނާވެފައިވަނީ ދެޤައުމުގެ ދެމެދުގައި އޮތް އިހްތިރާމަށް
Raajje

ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން ބިނާވެފައިވަނީ ދެޤައުމުގެ ދެމެދުގައި އޮތް އިހްތިރާމަށް

ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން ބިނާވެފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އިހްތިރާމާއި، ވިސްނުމާއި، އެއްބައިވަންތަ އަހްލާގާއި، އަގީދާގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުޙައްމަދު ފައްޔާޒް ގިލާނީ އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، އެރުވުމަށް ރައީސް އޮފީހުގައި ބޭއްވި ފަތްކޮޅު އެރުއްވުމަށްފަހު، ރައީސް ވަނީ ޕާކިސްތާނުގެ އާ ސަފީރާ ބައްދަލު...

ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖެ-ޕާކިސްތާނުގެ ގުޅުން ވަނީ ވަރަށް ބަދަހިވެފައި: ރައީސް
Raajje

ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖެ-ޕާކިސްތާނުގެ ގުޅުން ވަނީ ވަރަށް ބަދަހިވެފައި: ރައީސް

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ޕާކިސްތަނުގެ ސަފީރުގެ މަޤާމުގައި ހުންނަވައި، ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން ބަދަހި ކުރެއްވުމަށް އެމަނިކުފާނު ކުރެއްވި އިޚްލާޞްތެރި މަސައްކަތްޕުޅުތައް ފާހަގަކުރައްވައ...

މިއީ ޕާކިސްތާނުން ރާއްޖެއަށް ވެދިން އެހީތެރިކަން ހަނދާންކޮށް، ދިވެހިން ޕާކިސްތާނަށް އެހީވާންވީ ވަގުތު: ފައްޔާޒު
Raajje

މިއީ ޕާކިސްތާނުން ރާއްޖެއަށް ވެދިން އެހީތެރިކަން ހަނދާންކޮށް، ދިވެހިން ޕާކިސްތާނަށް އެހީވާންވީ ވަގުތު: ފައްޔާޒު

މިއީ ޕާކިސްތާނުން ރާއްޖެއަށް ވެދިން އެހީތެރިކަން ހަނދާންކޮށް، ދިވެހިން ޕާކިސްތާނަށް އެހީވާންވީ ވަގުތު ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް ބާއްވާ “ހެލްޕް ޕާކިސްތާން” ޓެލެތޯން ފައްޓަވައިދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. ޕާކިސްތާނާ ރާއްޖޭގެ ގުޅުމަކީ ޒަމާންވީ ގާތްގުޅުމެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ޕާކިސްތާނ...

ޕާކިސްތާނުން, ސީއެސްސީއަށް އޮފީސް އިކުއިޕްމަންޓުތަކެއް ހަދިޔާކޮށްފި
Raajje

ޕާކިސްތާނުން, ސީއެސްސީއަށް އޮފީސް އިކުއިޕްމަންޓުތަކެއް ހަދިޔާކޮށްފި

ޕާކިސްތާނު ހައިކޮމިޝަނުގެ ފަރާތުން ރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)އަށް ޑިވެލޮޕްމަންޓް އެސިސްޓެންސްގެ ގޮތުގައި އޮފީސް އިކުއިޕްމަންޓުތަކެއް ހަދިޔާކުރައްވައިފިއެވެ. މި އިކިއުޕްމެންޓްތައް ޕާކިސްތާނުގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނާ ހަވާލުކުރެއްވީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ވައިސް އެޑްމިރަލް (ރިޓަޔާރޑް) އަތުހަރު މުޚްތާރު އެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން މިތަކެއްޗާ ހަވާލުވެވަޑައިގަތީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އަލ...

"ގެވެށި ގުޅުން" ގައުމީ ކެމްޕޭނަށް ޕާކިސްތާނުން 2.9 މިލިއަން ރުފިޔާގެ އެހީއެއް
Raajje

"ގެވެށި ގުޅުން" ގައުމީ ކެމްޕޭނަށް ޕާކިސްތާނުން 2.9 މިލިއަން ރުފިޔާގެ އެހީއެއް

“ގެވެށި ގުޅުން” ނަމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިސްނަގައިގެން ކުރިއަށްގެންދާ ގައުމީ ކެމްޕެއިން ޕާކިސްތާން ސަރުކާރުން 2.972.205 ރުފިޔާގެ އެހީއެއް ފޯރުކޮށްދީފިއެވެ. “ގެވެށި ގުޅުން” ކެމްޕޭންޢަކީ ގެވެށި އަނިޔާ ހުއްޓުވުމަށް ހޭލުންތެރިކަން އިތުރުކުރުމަށް 15 ޖުލައި 2020 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސާއިން އިސްނަގައިގެން ދިވެހި ސަރުކާރުން ފެށި ކެމްޕޭނެކެވެ. ދިވެހި ސަރުކާރުގެ “ގެވެށި ގުޅުން” ކެމްޕޭނަށް ޕާކިސްތާން ސަރުކާރުން ދެއްވި އެހީގެ...