މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ޑރ.މުހައްމަދު މުޢިއްޒު

359 Stories filed
ރާއްޖޭގެ މިނިވަންކަމުގެ އިން ފަހަނަ އަޅައިދާކަށް އެއްވެސް ގައުމަކަށް ޖާގައެއް ނުދޭނަން: މުއިއްޒު
Raajje

ރާއްޖޭގެ މިނިވަންކަމުގެ އިން ފަހަނަ އަޅައިދާކަށް އެއްވެސް ގައުމަކަށް ޖާގައެއް ނުދޭނަން: މުއިއްޒު

ދިވެހިންގެ ދާހިލީ ކަންކަމާއި ބެހި، ރާއްޖޭގެ މިނިވަންކަމުގެ އިން ފަހަނަ އަޅައިދާކަށް އެއްވެސް ގަމުމަކަށް ޖާގަ ނުދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ސަންގު ޓީވީގެ ރިޔާސީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އެއްވެސް ގައުމަކުން ރާއްޖޭގެ މިނިވަންކަމުގެ އިން ފަހަނައަޅައި، ރާއްޖޭގެ އިމުގެ ތެރެއަށް ވަދެ ދިވެހިންގެ ދާހިލީ ކަންކަމާ ބެހި މިނިވަންކަން ގެއްލޭ ފަދަ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެ ކަމަށެވެ. ހަމައެހެންމެ ދިވެހިންގެ...

ލ. އަތޮޅަށް މުއިއްޒުގެ ގިނަ ވައުދުތަކެއް، އެންމެ ބޮޑު ވައުދަކީ ޓްރާންޝިޕް ބަނދަރެއް
Raajje

ލ. އަތޮޅަށް މުއިއްޒުގެ ގިނަ ވައުދުތަކެއް، އެންމެ ބޮޑު ވައުދަކީ ޓްރާންޝިޕް ބަނދަރެއް

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެމްސީން ވާދަކުރައްވާ ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ލ އަތޮޅުގައި ޓްރާންޝިޕް ބަނދަރެއް ހައްދަވާނެކަމަށް ވިދާޅުވެއްޖެއެވެ. ރޭ ލ. ފޮނަދޫގައި ކުރިއަށް ޖަލްސާގައި ވާހަކަފުޅު ދައްވަމުން މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ވެރިކަމަށް ވަޑައިގަންފި ނަމަ ލ.އަތޮޅު ގާދޫގައި ޓްރާންޝިޕްމެންޓް ބަނދަރެއް ހައްދަވާނެކަމަށެވެ. އަދި އެ އަތޮޅަށް ގިނަ ވައުދުތަކެއް ވެވަޑައިގެން މިރޭ އެކަން އިޢުލާން ކުރެވިއެވެ. އެގޮތުން މުއިއްޒު ވިދާޅުވީ ލ.އަތޮޅުގ...

ވޯޓު ހޯދާށޭ ކިއާފައި ބޭކާރު ވާހަކައެއް ނުދައްކާނަން: މުއިއްޒު
Raajje

ވޯޓު ހޯދާށޭ ކިއާފައި ބޭކާރު ވާހަކައެއް ނުދައްކާނަން: މުއިއްޒު

ވޯޓު ހޯދާށޭ ކިއާފައި ބޭކާރު ވާހަކައެއް ނުދައްކަވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޅ. ނައިފަރަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ރަށްރަށަށް ވައުދުވެވަޑައިގަންނަވާތީ އޭނާއަކީ ކޮން ކަހަލަ ބޭފުޅެއްތޯ އާއި އަބަދު ހަރަދު ކުރާ ވާހަކަ ދައްކަމުންދާ ކަމަށެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އިންވެސްޓް ކުރެވޭނީ ހަރަދުކޮށްގެންނެވެ. “އެ ކުރާ ހަރަދަކީ [...

އަތޮޅުތެރޭގައި ހުރި ހައުސިން ޔުނިޓްތައް 3،500ރ. އަށް ކުޑަ ކުރާނަން: މުއިއްޒު
Raajje

އަތޮޅުތެރޭގައި ހުރި ހައުސިން ޔުނިޓްތައް 3،500ރ. އަށް ކުޑަ ކުރާނަން: މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ރަށްތަކުގައި އަޅާފައި ހުރި ހައުސިން ޔުނިޓްތަކުގެ އަގު 3،500ރ. އަށް ކުޑަކޮށް ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރިޔަސީ އިންތިހާބުގެ ކެމްޕެއިނަށް ޅ. ނައިފަރަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިންމުނު މަޝްރޫއުތައް އެވްރެޖްކޮށް ހުންނާނީ 2،000ރ. އާއި 3،500ރ. އާ ދެމެދުގައި ކަމަށެވެ. މި ސަރުކާރުން […]

މުއިއްޒުގެ ވައުދަކީ ނައިފަރަށް 400 ހައުސިން ޔުނިޓް
Raajje

މުއިއްޒުގެ ވައުދަކީ ނައިފަރަށް 400 ހައުސިން ޔުނިޓް

ޅ ނައިފަރަށް ދިމާވެފައިވާ ގޯތިގެދޮރުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އެރަށުގައި 400 ހައުސިން ޔުނިޓް އަޅުއްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިރޭ ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމަކީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. އެހެންކަމުން ނައިފަރުގައި ގެދޮރުވެރިކަމުގެ މަޝްރޫއެއް ހިންގައި، އެރަށުގައި 400 ހައުސިން ޔުނިޓް އެޅުއްވާނެކަމަށެވެ. ހަމައެހެންމެ ނައިފަރު...

އޭދަފުށީގައި ހައުސިންގެ ބޮޑު މަޝްރޫއެއް ހިންގަން މުއިއްޒު ވައުދުވެވަޑައިގެންފި
Raajje

އޭދަފުށީގައި ހައުސިންގެ ބޮޑު މަޝްރޫއެއް ހިންގަން މުއިއްޒު ވައުދުވެވަޑައިގެންފި

ބ. އޭދަފުށީގައި ހައުސިންގެ ބޮޑު މަޝްރޫއެއް ހިންގެވުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުގައި މުއިއްޒު ވަނީ ވަނީ ކުރިއަށް އޮތް ފަސް އަހަރު، އޭދަފުށީގައި ފުރިހަމަކޮށް ދެއްވާނެ ކަންކަން އިއުލާން ކުރައްވައިފައެވެ. މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި ބަނދަރު ހެދުމާއި ހިއްކި ބިން ތަރައްގީ ކުރުމާއި މާއްޑޫ އިހްތިސާސް ތެރޭގައި...

މުއިއްޒުގެ ވެރިކަމެއްގައި ރޯދަމަހު ފަހު ދިހައެއްގައި ސަރުކާރު ބަންދު
Raajje

މުއިއްޒުގެ ވެރިކަމެއްގައި ރޯދަމަހު ފަހު ދިހައެއްގައި ސަރުކާރު ބަންދު

ވެރިކަމަށް ވަޑައިގެންފި ނަމަ، ރޯދަ މަހުގެ ފަހު ދިހައެއްގައި ސަރުކާރުގެ އޮފީސްތައް ބަންދު ކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. އިއްޔެ ބ. އޭދަފުށީގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ފަހިކޮށްދެއްވާނެކަމަށާއި، އެގޮތުން ރޯދަމަހުގެ ފަހު ދިހައެއްގައި ސަރުކާރު އޮފީސްތައް އެއްކޮށް ބަންދު ކުރައްވާނެކަމަށެވެ. އަދި ދިވެހިންނަކީ މާތްވެގެންވާ އިސްލާމް ދީނުގައި ތިބި ބައެއް ކަމަ...

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ
Raajje

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ޝަރުއީ ދާއިރާ މިނިވަންކަމާއެކު ހިންގުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަން ( ޖޭއެސްސީ)ގެ އެކުލެވޭ ގޮތް ބަދަލު ކުރައްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރ. ދުވާފަރުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ، ޝަރުއީ ދައިރާ މިނިވަންކަމާއެކު ހިންގުމަކީ ދައުލަތަށް ވަރަށް މުހިންމު ކަމެއްކަމަށާއި، އެގޮތުން އެ މިނިވަންކަން ދިނުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވޭ ގޮތް ބަދަލު ކުރައްވާނެކަމަށެވެ. އަދި ޖޭއެއްސީން ސިޔާސީ މީހުން މަދުކޮ...

ރާއްޖެ ދަރަނި ދަންތުރަ އިން ސަލާމަތްކޮށްދޭނަން: މުއިއްޒު
Raajje

ރާއްޖެ ދަރަނި ދަންތުރަ އިން ސަލާމަތްކޮށްދޭނަން: މުއިއްޒު

ރާއްޖެ އަށް ކުރިމަތިވެފައިވާ ދަރަނި ދަންތުރަ އިން ގައުމު ސަލާމަތްކޮށް ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރ. ދުވާފަރުގައި ބޭއްވި ޕީޕީއެމް/ޕީއެންސީގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ މީގެ 10 ވަރަކަށް ދުވަސް ފަހުން، އަންނަ އިންތިހާބުގައި ރައްޔިތުންނަށް އޮތް ދެ ޗޮއިސްއަކީ ނަތީޖާ ނެރެދެވޭނެ ބަޔަކާ ހަވާލު ކުރުން ނުވަތަ ނަތީޖާ ނުނެރެވުނު ބަޔަކާ ވެރިކަން ހަވާލު ކުރުން ކަމަށެވެ. މުއިއްޒު ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގެންފި […]

މުއިއްޒުގެ ވައުދަކީ ޣައްދާރުވާ މީހުންނަށް އަދަބު ދިނުމަށް ގާނޫނެއް ވުޖޫދަށް ގެނައުން
Raajje

މުއިއްޒުގެ ވައުދަކީ ޣައްދާރުވާ މީހުންނަށް އަދަބު ދިނުމަށް ގާނޫނެއް ވުޖޫދަށް ގެނައުން

ގައުމަށް ޣައްދާރުވާ މީހުންނާއި ދެކޮޅަށް ގާނޫނެއް ވުޖޫދުކޮށް އަދަބު ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މިހާރު ފެނިގެން މި ދަނީ ގައުމަށް ޣައްދާރުވާ ތަން ކަމަށެވެ. ގައުމު ހަމަ މަގަށް އަޅުވާ ނަމަ، ޣައްދާރުވުން ފަދަ ބޮޑެތި ގެއްލުންތައް ދޭ މީހުންނަށް އަދަބު ދިނުމަށް ސިސްޓަމެއް ގާއިމު ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. “ގައުމު ހަމަ މަގަށް އަޅުވާ […]

މިނިވަންކަމާއި ގައުމީ މަސްލަހަތު ވަނީ ހާރިޖީ ސިޔާސަތުގެ ސަބުން ގެއްލިފައި: މުއިއްޒު
Raajje

މިނިވަންކަމާއި ގައުމީ މަސްލަހަތު ވަނީ ހާރިޖީ ސިޔާސަތުގެ ސަބުން ގެއްލިފައި: މުއިއްޒު

މިސަރުކާރުން އިންޑިޔާއާއެކު ބައްވާ ގުޅުމާއި އެގައުމުގެ ސިފައިން ރާއްޖޭގައި ތިބުންމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ރައްޖޭގެ މިނިވަންކާމާއި ގައުމީ މަސްލަހަތު ހާރިޖީ ސިޔާސަތުގެ ސަބަބުން ގެއްލިފައިވާ ކަމަށް ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުވިދާޅު ވެއްޖެއެވެ. ރ. އުނގޫފާރަށް ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާ ވާހަކަ ދައްވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަ ކަމަށް ބުރޫއަރާ ގޮތަށް މި ސަރުކާރުން ވަރަށް ގިނަ ކަންކަން ކޮށްފައިވާ ކަމަށާއި އެ ހުރިހާ ކަމެއ...

ވިލިނގިލީގައި އިންޓަނޭޝަނަލް ފެންވަރުގެ އެއާޕޯޓެއް އަޅަން މުޢިއްޒު ވައުދުވެވަޑައިގެންފި
Raajje

ވިލިނގިލީގައި އިންޓަނޭޝަނަލް ފެންވަރުގެ އެއާޕޯޓެއް އަޅަން މުޢިއްޒު ވައުދުވެވަޑައިގެންފި

ގއ. ކޫއްޑޫގައި ހިންގަމުންދާ އެއާޕޯޓު ޓްރެއިނިން އެއާޕޯޓަކަށް ބަދަލުކޮށް ގއ. ވިލިނގިލީ ބިން ހިއްކާ އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ގއ. ވިލިނގިއްޔަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ހުވަދު އަތޮޅުގައި ޓޫރިޒަމް ފައްކާ ކުރަން ޕޭލޭންތަކެއް ކޮށް...

55 އަހަރު ވެގެން ރިޓަޔާ ކުރުމުން އެލަވަންސެއް ދޭނަން: މުއިއްޒު
Raajje

55 އަހަރު ވެގެން ރިޓަޔާ ކުރުމުން އެލަވަންސެއް ދޭނަން: މުއިއްޒު

އުމުރުން 55 އަހަރާއި 65 އަހަރާ ދެމެދުގެ މީހުން ރިޓަޔާ ކުރީމަ ހާއްސަ އެލެވެންސްއެއް ތައާރަފް ނިންމާފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގދ. ތިނަދޫ އަށް ވަޑައިގެން ބޭއްވެވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އުމުރުން 55 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންގެ ވާހަކަ ނުދައްކާތީ، އެ އުމުރުފުރާގެ […]

އެކަނިވެރިމައިންނާއި ހާފިޒުންނަށް ދޭ އެލަވަންސް ބޮޑުކުރަން މުއިއްޒު ވައުދުވެއްޖެ
Raajje

އެކަނިވެރިމައިންނާއި ހާފިޒުންނަށް ދޭ އެލަވަންސް ބޮޑުކުރަން މުއިއްޒު ވައުދުވެއްޖެ

އެކަނިވެރިމައިންނާއި އެކަނިވެރިބަފައިންނާއި ހާފިޒުންނަށް ދޭ އެލަވަންސް ބޮޑުކޮށް ދެއްވުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފުވައްމުލަކަށް ވަޑައިގެން އެ ރަށުގައި ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އެކަނިވެރިމައިންނާއި ބަފައިންނަށް ކުދިން ބަލަހައްޓަން ސަރުކާރުން މިހާރު ދޭ އެލަވަންސްއަކީ އެކަށީގެންވާ ވަރުގެ އެލަވަންސަކަށް ނުވާތީ ކޮންމެ ކުއްޖަކަށް ދޭ އެލަވަންސް 3،000 އަށް ބޮޑުކުރާނެ ކަމަށެވެ. މުއިއް...

މުއިއްޒުގެ ވެރިކަމެއްގައި ފްލެޓުގެ ކުލި ނުދެއްކިގެން އަރާފައިވާ ޖޫރިމަނާ މާފްކޮށްދެނީ
Raajje

މުއިއްޒުގެ ވެރިކަމެއްގައި ފްލެޓުގެ ކުލި ނުދެއްކިގެން އަރާފައިވާ ޖޫރިމަނާ މާފްކޮށްދެނީ

ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމްގެ ދަށުން އަޅާފައިވާ ފްލެޓްތަކުގެ ކުލި ބޮޑުކޮށްގެން އެ ކުލި ނުދެއްދިގެން ޖޫރިމަނާ ކުރި ފަރާތްތަކުގެ ކުލި މާފްކޮށް ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފުވައްމުލަކަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ސޯޝަލް ހައުސިންގެ ދަށުން ހުޅުމާލެ އާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަޅާފައިވާ ހައުސިން ޔުނިޓްތަކުގެ އަގު ބޮޑުވީމަ، ކުލި ނުދެއްކިގެން ޖޫ...