ބައްދަލުކުރިއިރު އެޕްސްޓީންގެ ފަރާތުން ޖިނާއީ އަމަލެއް ހިނގާފައިވާކަން އެނގިފައެއްނުވޭ: ވަހީދުގެ އޮފީސް
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެފައިވާ، އެމެރިކާގެ ކުރީގެ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ބައްދަލުކުރެއްވުމުގެ ކުރިން އޭނާގެ ފަރާތުން އެއްވެސް ކަހަލަ ޖިނާއީ އަމަލެއް ހިނގާފައިވާކަން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކަށް ނުވަތަ އެމަނިކުފާނުގެ އާއިލާއަށް އެނގިވަޑައިގެންފައި ނުވާކަމަށް ރައީސް ވަހީދުގެ އޮފީހުން މިއަދު ބުނެފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުން މިއަދު އިސްތިއުފާ ދެއްވުމަށްފަހު ނެރުއްވި ބަޔާނެއްގައި، އެޕްސްޓީންއާ އެކު ބޭއްވުނު ބައްދަލު...