އިއްޔެ އިދިކޮޅު ކޯލިޝަނުން ބޭއްވި ސިޔާސީ ހަރަކާތުގައި ކުރީގެ ރައީސް ވަހީދ،ު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އުސޫލުތަކަށް ގޮއްޖަހައި ގަވާއިދުތައް މުގުރާފައިވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންގެ ނުރުހުން ކުރީގެ ރައީސް ވަހީދަށް އަމާޒު ކުރަށް ވައިފިއެވެ.
މިގޮތުން ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީގެ އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން މީސް މީޑިއާގައި ފާޅު ކުރަށްވާފައިވާ ޝުޢޫރު ތަކުގެ ތެރޭގައި ސިއްޙީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ރާއްޖެ ވަނިކޮށް، ކުރީގެ ރައީސުންނަށް ދައުލަތުންދޭ އިނާޔަތް ބަރާބަރަށް ނަންގަވާ ބޭފުޅަކު އިސްވެހުރެ ގައިގޯޅިވެ އެއްވުން ބޭއްވުން ބަލައެއް ނުގަނެވޭ ކަމަށް ވަނީ ވިދާޅުވެފައެވެ.
"ދައުލަތުން ފުރިހަމައަށް އިނާޔަތާ ރައްކާތެރިކަން ހޯދަމުން އެޗްޕީއޭ ގެ އުސޫލުތަކަށް ގޮއްޖަހައި ގަވާއިދުތައް މުގުރުމަށް މިގައުމުގެ ކުރީގެ ރައީސަކު ގޮވުމަކީ ލަދުވެތިކަމެއް. މި ކުޑަކުޑަ ގައުމަށް ކުޑަވެސް ލޯތްބެއް އެބޭފުޅާގެ ހިތުގައި ނެތްކަމުގެ ދަލީލެއް" އެކަމާއި ގުޅިގެން އިވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެފައި ވެއެވެ.
ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ވިދާޅުވީ ސިއްޙީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ރާއްޖެ ވަނިކޮށް، ކުރީގެ ރައީސުންނަށް ދައުލަތުންދޭ އިނާޔަތް ބަރާބަރަށް ނަންގަވާ ބޭފުޅަކު އިސްވެހުރެ ގައިގޯޅިވެ އެއްވުން ބޭއްވުން ބަލައެއް ނުގަނެވޭ ކަމަށެވެ. އަދި ގައުމީ ޒިންމާ ނުއުފުލާ މިފަދަ ފަރާތްތަކުގެ އިނާޔަތް ކަނޑާލަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"ރައްޔިތުންގެ ފައިސާއިން ސެކިއުރިޓީ ދީގެން ބަލަހައްޓާ މީހަކު ނުކުމެ އެޗްޕީއޭއަށް ގޮންޖަހައި ޤާނޫނުތައް ފުނޑާލަން ފުރުޞަތު ދީގެން ތިބުމަކީ ޤާނޫނީ ވެރިކަމާއި ދެކޮޅަށް ހިންގި ޓެރަރިޒަމްގެ އަމަލެއް، ކޯވިޑް ފަތުރައި ޤައުމު ހުއްޓުވަން ހިންގި ޖަރީމާއެއް" ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެފައި ވެއެވެ.
ދައުލަތުގެ މާލިއްޔަތުން ހަރަދުކުރާ ކުރީގެ ރައީސްއެއް، މިކަހަލަ ބަލިމަޑުކަމެއްގެ ތެރޭގައި މީހުންއެއްވެއުޅުމައް ގޮވާލުމަކީ ލަދުވެތިކަމެއް. @Roxeyna @nihad_m @HunuboliHussain @BondeM4 @mohamedwisaam @waddey_ @WaddeyAli pic.twitter.com/0JbFpGnnoY
— Abdulla Saneef (@SaneefAbdulla) August 28, 2020
ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވީ ޤައުމުގައި ފަސާދަ އުފައްދަން ރައީސަކު އަނެއްކާ ވެސް ނުކުތުމަކީ ޤައުމަށް ގައްދާރުވުން ކަމަށެވެ. ބަގާވާތާއި، ރައީސް ވަހީދުގެ ވެރިކަމުގެ ދައުރުގެ ކަންކަން ނުބެލޭހާ ހިނދަކު އެކަމުން މިންޖު ނުވާނެ ކަމަށް އިބްރޭ ވަނީ ވިދާޅުވެފައެވެ.
ބައެއް ގަޑިގަޑީގައި އެކަނިމީހަކު ސައިކަލު ދުއްވުންވެސް މަނާކުރެވިފައިވާ އިރެއްގައި، ވަކިބަޔަކު ނުކުމެ ސިޔާސީ ގައިގޯޅި އެއްވުންތައް ބޭއްވުމަކީ އެޗްޕީއޭގެ އިރުޝާދަށް ބޯލަނބައިގެންއުޅޭ މީހުންނަށް ބޮޑު ބޭއިންސާފެއް. ކުރީގެ ރައީސުންގެ އިނާޔަތަކީ ޤައުމު ފަސާދަކުރަން ދެވޭ އެއްޗެއް ނޫން. pic.twitter.com/0I9R4WV891
— Waddey (@waddey_) August 28, 2020
ކޯވިޑް-19ގެ ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި ވަރަށް އިސް ބޭފުޅުން މަގުމައްޗަށް ނުކުމެ، އެއްވުން ބޭއްވުމުން ހިތާމަ ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެސް ރޭ ވަނީ ވިދާޅުވެފައެވެ.
ކޯވިޑް ބަލި މީހުން ރެކޯޑް އަދަދަކަށް ފެންނަމުންދާއިރު ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެ ގޮތުން ބޭރުގައި އުޅޭއިރު މާސްކު އެޅުމާއި ގިނަ ބަޔަކު އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ކޯވިޑާއި ގުޅިގެން އެމަސައްކަތުގައި އުޅުއްވާ ޑޮކްޓަރުން ގެންދަވަނީ ދެވަނަ ލޮކްޑައުނަކަށް ދާން ފުރުޞަތު ނުދީ ފަރުދީ ޒިންމާ އަދާކުރުމަށް އާދޭސް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!