ރައީސް ވަހީދު ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރަކަށް!
އިދިކޮޅު މައިޕާޓީ، ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރެއްގެ މަޤާމު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ދެއްވައިފިއެވެ. އެކަން ޢިއުލާނުކުރެއްވީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލު ވުމެއްގައެވެ. އެ ކޯލިޝަނުން ބުނީ އެޑްވައިޒަރު ކަމުގެ މަގާމަށް ވަހީދު ހަމަޖެއްސީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަޝްވަރާގެ މަތިން ކަމަށެވެ. އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ހުރިހާ ދިމާއަކުން ފެންނަނީ ރައްޔިތުން ބިކަވާ ތަން ކަމަށާއި އެކަ...