ޗައިނާއިން ލަންކާގައި 10 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ތައްޔާރު: ރިޕޯޓު
ޗައިނާއިން ސްރީލަންކާ އަށް 10 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓް ގެންދަން ތައްޔާރަށް އޮތްކަމަށް ލަންކާގެ ނޫހަކުން ރިޕޯޓުކޮށްފިއެވެ. ލަންކާގެ ”ޑެއިލީ މިރަރ” އިން އެ ނޫހަށް ލިބިފައިވާ މަޢުލޫމާތާއި ހަވާލާދީ ބުނެފައި ވަނީ ލަންކާގެ ރައީސް އަނުރާ ކުމާރަ ދިސަނާޔަކޭގެ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ނަތީޖާއެއްގެ ގޮތުން، ސްރީލަންކާއަށް ގާތްގަނޑަކަށް 10 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓް ޗައިނާގެ ކުންފުނިތަކުން ގެނައުމުގެ ފުރުޞަތު ވަނީ ލިބިގެން ގޮސްފައެވެ. ލަންކާގެ ރައީސް ދިސަނާޔަކޭ، ޗަ...