ލަންކާގެ މަޖިލިސް ރައީސްގެ ޕީއެޗްޑީ އާ މެދު ސުވާލު އުފެދުމުން އިސްތިއުފާ ދީފި

ސްރީލަންކާގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަޝޯކާ ރަންވަލަގެ
ސްރީލަންކާގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަޝޯކާ ރަންވަލަގެ

ސްރީލަންކާގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަޝޯކާ ރަންވަލަގެ ޕީއެޗްޑީ ފާހުގެ ޞައްޙަކަމާމެދު ސުވާލު އުފެއްދުމުން އޭނާ އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

އޭނާގެ ތަޢުލީމީ ސަނަދުތަކާ ގުޅޭގޮތުން ފަހަކަށްއައިސް އުފެދިފައިވާ ސުވާލުތަކާ ގުޅިގެން މި ނިންމުން ނިންމެވި ކަމަށް އަޝޯކާ ރަންވަލަ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

އޭނާގެ ތަޢުލީމީ ފެންވަރާ ގުޅޭގޮތުން އެއްވެސް ދޮގު ބަޔާނެއް ދެއްވާފައި ނުވާ ކަމަށް އަޝޯކާ ރަންވަލަ ވަނީ ބަޔާނުގައި ފާހަގަކުރައްވާފައެވެ. ނަމަވެސް، އޭނާގެ ތަޢުލީމީ ސަނަދުތައް ޔަޤީންކުރުމަށް ބޭނުންވާ ބައެއް ލިޔެކިޔުންތައް މިވަގުތު އަތުގައި ނެތުމުން، ކަމާބެހޭ މުއައްސަސާތަކުން އެ ލިޔުންތައް ހޯދުމަށް ދަތިތަކެއް ހުރި ކަމަށް ވިދާޅުވިއެވެ.

އޭނާގެ ޑޮކްޓަރޭޓް ޑިގްރީ (ޕީއެޗްޑީ) ހާސިލުކުރެއްވި ޖަޕާނުގެ ވަސެދާ ޔުނިވަރސިޓީއާ ގުޅުންހުރި ރިސަރޗް އިންސްޓިޓިއުޓް މެދުވެރިކޮށް ބޭނުންވާ ލިޔެކިޔުންތައް ހޯދޭނެ ކަމަށާއި، ވީ އެންމެ އަވަހަކަށް އެ ލިޔުންތައް ހުށަހަޅުއްވާނެ ކަމަށް ރަންވަލަ ވިދާޅުވިއެވެ.

މި ހާލަތުގައި، ސަރުކާރަށާއި ރައްޔިތުންނަށް އިތުރު ދަތިތަކެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި، މަޖިލީހުގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދިނުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ފެނިވަޑައިގަންނަވާ ކަމަށް އަޝޯކާ ރަންވަލަ ވިދާޅުވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި