ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ) އިން ފުރަން ގޮސް ހުރި ދިވެއްސެއްގެ ލަގެޖުން ހަތިޔާރެއް ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިގެން އޭނާ ހައްޔަރުކޮށްފިއެވެ.

ލަންކާގެ ބައެއް ނޫސްތަކުގައި ލަންކާގެ ފުލުހުންނާއި ހަވާލާދީ ބުނެފައިވާ ގޮތުގައި ލަންކާއިން މާލެ އަންނަން ފުރަން ގޮސް ހުރި ދިވެއްސެއްގެ ލަގެޖު ޗެކު ކުރުމުގެ ތެރޭގައި ހަތިޔާރެއް ކަމަށް ބެލެވޭ އާލާތެއް ވަނީ ފެނިފައެވެ.

Ad
rt

އެހެންވެ އެމީހާ ހައްޔަރުކޮށްފައިވާ ކަމަށް ނޫސްތަކުގައި ބުނެފަވެއެވެ. ނަމަވެސް އޭނާގެ ވަނަވަރެއް ހާމައެއް ނުކުރެއެވެ.

އެއީ އުމުރުން 58 ގެ މީހެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ލަންކާ ގަޑިން ރޭ 11:00 ހާއިރުއެވެ.

ލަންކާގެ ނޫސްތަކުން ބުނެފައިވާގޮތުގައި އެގަމުގެ އެއާޕޯޓު ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ހިންގަމުންނެވެ.