2022 ވަނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓް އަންނަ އާދީއްތަ ދުވަހު ހުށަހެޅުމަށް ނިންމައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ އަހަރަށް 37 ބިލިއަން ރުފިޔާގެ ބަޖެޓްއެއް އެކުލަވާލުވުމަށް ނިންމާފައިވާއިރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރެވިފައިވަނީ 23.6 ބިލިއަން ރުފިޔާއެވެ.
ދަރަނީގެ ގޮތުގައި 10.2 ބިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާކޮށްފައި ވާއިރު ސަރުކާރުން ވަނީ 2022 އަދި 2023 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން 21.2 ބިލިއަން ރުފިޔާ ބަޖެޓްގެ ރިކަރެންޓް ޚަރަދުގެ ގޮތުގައި ހޭދަވާނެ ކަމަށް ލަފާކޮށްފައިވާއިރު ކެޕިޓަލް ޚަރަދަށް 10.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިފަހަރުގެ ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ދަށުން ބަޖެޓްގެ 500 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ އައު މަޝްރޫއު ތަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!