ރަސްމާލެ މަޝްރޫއު ރޭވީ ޑޮލަރުގެ ދަތިކަމަށް ހައްލު ލިބޭ ގޮތަށް: ޒަރީރު
ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ ވޯޓާ ފްރޮންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތައް ހިމެނޭހެން ޖުމްލަ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ސަރުކާރުން މިއަދު ހަވާލުކޮށްފައިވާއިރު، އެ މަޝްރޫއަކީ ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް ހައްލު ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ މަޝްރޫއެއް ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރޭ ވިދާޅުވެއްޖެ އެވެ. ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ކުރި ސުވާލަކަށ...