އިސްރާއީލުން ޑްރޯން ހަމަލާއެއްދީ ފަލަސްތީނުގެ އެއް އާއިލާއެއްގެ ތިން މީހަކު ޝަހީދުކޮށްލައިފި
ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގެ އުތުރު ސަރަހައްދަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި ފަލަސްތީނުގެ އެއް އާއިލާއަކަށް ނިސްބަތްވާ ތިން މީހުން ޝަހީދުވެއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ ނާސިރު މެޑިކަލް ކޮމްޕްލެކްސްއާ ހަވާލާދީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ނޫސްވެރިންނެވެ. މި ނުރައްކާތެރި ހަމަލާ ދީފައި މިވަނީ، ވޭތުވެދިޔަ އަހަރު އެއްބަސްވި “ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ” ޚިލާފަށް، އިސްރާއީލުގެ އަސްކަރިއްޔާއިން މުޅި ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުންގެންދާ ހަމަލާތައް ހުއްޓުމެއްނެތި...