ހަފުތާ ބަންދުގައި ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ
ކުރިޔަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފިއެވެ. މެޓް އޮފީހުން ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށާއި މިރެއިން ފެށިގެން ކުރިޔަށް އޮތް ދެ ދުވަހަށް މޫސުން ގޯސްވާނެ ކަމަށެވެ. ޚާއްސަކޮށް އުތުރާއިި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށާއި އެ ސަރަހައްދުގެ ވައި ބާރުވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން އާންމުކޮށް ވައި ޖެހޭނީ 15 […]