ބޮޑު ތިލަދުންމަތިން ފެށިގެން ފާދިއްޕޮޅަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ މިއަދު މެންދުރުފަހު 2 ޖެހުމާއި ހަމައަށް އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެ އިދާރާއިން އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައިވާއިރު، އިއްޔެއިން ފެށިގެން ރާއްޖޭގެ އެކު ހިސާބުތަކަށް ވަނީ މޫސުން ގޯސްވެފަ އެވެ. އަދި ބައެއް ސަރަހައްދުތަކަށް ވާރޭ ވެސް ވެހެމުން ދެ އެވެ.
މިއަދާއި މާދަމާ ވެސް އުތުރުގެ ސަރަޙައްދަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރައްވާފައިވާއިރު، ހަނިމާދޫގެ ފިނިހޫނުމިން ހުންނާނެ ކަމަށް ލަފާކުރައްވާފައިވަނީ އެވްރެޖުކޮށް 29 ޑިގްރީސެލްސިއަސްގަ އެވެ. އަދި އުތުރުގެ ރަަށްތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް ވެސް ވަނީ ލަފާކުރައްވާފަ އެވެ.
މީގެ އިތުރުން މާލެ ސަރަހައްދަށް ވެސް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާ ކުރައްވާފައިވާއިރު، މިސަރަހައްދުގެ ފިނިހޫނުމިން އެވްރެޖުގޮތެއްގައި ހުންނާނީ 29 ޑިގްރީ ސެލްސިއަސްގައި ކަމަށް ލަފާ ކުރައްވަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!