މިއަދު ހުޅުމާލޭގައި ހިނގި ހަމަނުޖެހުމުގައި ބައިވެރިވި މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާންނަން: ފުލުހުން
މާލޭގެ މަގުތަކުގެ އަމާންކަން ނަގާލައި ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންދިނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި، މި އަމަލު ހިންގުމުގައި ބައިވެރިވި މީހުންނާއި މެދު ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. މިއަދު ހުޅުމާލޭގައި ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު ހިންގި ހަމަނުޖެހުމާއި ގުޅޭގޮތުން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަދު ހެނދުނު ބިދޭސީ މަސައްކަތްތެރިންގެ ބަޔަކަށް ލި...