ހުޅުމާލޭގައި ހުރި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ހަދައި ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުުގެ ބިދޭސީ މުވައްޒަފުން މުސާރަ ނުލިބޭ މައްސަލައިގައި ކުރަމުން ދިޔަ މުޒާހަރާ ތެރެއިން ފުލުހުންނަށް ހަމަލާ ދީފިއެވެ.
އާންމުވެފައިވާ ވީޑިއޯ ތަކުން ފެންނަ ގޮތުގައި އެ ބިދޭސީން ފުލުހުންނަށް ހަމަލާ ދީފައި ވަނީ ގަލުންނެވެ. މި ހަމަ ނުޖެހުމުގެ ތެރެއިން ފުލުހުން މިހާރު ވަނީ މިހާތަނަށް 40 ބިދޭސީއަކު ހައްޔަރު ކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ ޕަބްލިކް ސޭފްޓީ އެންޑް ރެސްޕޮންސް ޔުނިޓުގެ ޓީމެއް އެ ތަނުގައި ހަރަކާތްތެރި ވަމުން ދާއިރު، އެޗްއާރުސީއެމާއި ރެޑް ކްރެސެންޓުން ވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.
އައިލެންޑް އެކްސްޕާޓުގެ މީހުން މުޒާހަރާ އަށް ނުކުމެ ފުލުހުންނަށް ހަމަލަދީފި! pic.twitter.com/x6aml33wzz
— Maimoon (@mrsays_) July 13, 2020
ފުލުހުން ބުނީ، ބިދޭސީ މުވައްޒަފުން މުޒާހަރާ ފެށުމުން ކޮންޓްރޯލް ކުރަން ދިޔަ ފުލުހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށާއި ފުލުހުންގެ ވެހިކަލަކަށް ވެސް ގެއްލުންވެފައިވާ ކަމަށެވެ. މިހާރު ހަމަނުޖެހުން ކޮންޓްރޯލްކޮށް މުޒާހަރާ ކުރާ ބިދޭސީއިން މިވަގުތު ލޭބާ ކުއާޓަރުގައި ކަމަށް ފުލުހުން ބުންޏެވެ.
އެ ހަމަނުޖެހުމައި އާންމު މީހެއްގެ ގޭގެ ބިއްލޫރިގަނޑެއް ވެސް ތަޅާލާފައި ވާއިރު، ފުލުހުންގެ ވެހިކަލަކަށް ވެސް ވަނީ ގެއްލުން ވެފައެވެ.
ބިދޭސީންނަށް ވިޔަސް ހައްޤު ހޯދުމަށް އަޑު އުފުލިދާނެ، އެކަމަކު މިކަން ކަން ބަލައެއް ނުގަނެވޭނެ. pic.twitter.com/j2jyqEHO0V
— Maimoon (@mrsays_) July 13, 2020
މުޒާހަރާ ކުރާ ބިދޭސީން ޑިމާންޑު ކުރަމުން ދަނީ މުސާރަ ދިނުމަށާއި އަނބުރާ ގައުމަށް ދިއުމަށް ޓިކެޓު ދިނުމަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މުޒާހަރާ ކުރަމުންދާ އައިލެންޑް އެކްސްޕާޓްގެ ބިދޭސީންނަކީ ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރަމުން ގެންދާ މީހުންނެވެ. މި މީހުންނަށް މުސާރަ ނުދޭތާ 7 މަހަށްވުރެ ގިނަ ދުވަސްވެފައިވާކަމަށް އެ މީހުން މީގެކުރިންވެސް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!