އެމްއެމްޕީއާރުސީގެ މައްސަލައާއި ގުޅިގެން ފުލުހުންގެ 5 މުވައްޒަފެއް އަދާކުރަމުން ދިޔަ މަސްއޫލިއްޔަތުން ދުރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސްސަރވިސްއިން ބުނެފިއެވެ.

ފުލުހުން ބުނީ އެމްއެމްޕީއާރުސީ މައްސަލަ އާއި ގުޅޭގޮތުން ހިގަމުން ދާ ތަހުގީގުގައި އެމްއެމްޕީއާރުސީ ގެ ފައިސާ ލިބިފާކަމަށް ފާހަގަވެފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ވަޒީފާގައި މިވަގުތު ތިބި 5 މުވައްޒަފެއްގެ ޖިނާއީ އަދި އިދާރީ ތަހުގީގު ހިގަމުން ދާތީ ތިބީ މަސޫލިއްޔަތުން ދުރު ކުރުވިފައި ކަމަށެވެ.

Ad
rt

މިކަމާއި ގުޅޭ އިތުރު ތަފްޞީލް ފުލުހުން ހާމަކުރަށްވާފައެއް ނުވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނޮވެމްބަރު 17، 2018 ގައި މަގާމުގެ ހުވާކުރެއްވުމާ އެކު، އެ ދުވަހު ރިޔާސީ ކޮމިޝަނެއް އުފައްދަވައިފަ އެވެ. އެ ކޮމިޝަނުން މިހާތަނަށް ކުރި މަސައްކަތުން ހިޔާނާތުގެ ފައިސާ ލިބިފައިވާ މީހުންގެ ލިސްޓެއް އެކުލަވާލާފައި ވެ އެވެ.