•  
  •  
  •  
  •  
  •  
  •  
  •  

11 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހއ. ބާރަށް، ސިލްސިލާގެ، އަނީސް ޙިލްމީ (38އ) މައްޗަށް 3 ދަޢުވާއެއް ކުރުމަށް ކޯޓަށް ހުށައަޅައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ބުނީ ހއ. ބާރަށް، ސިލްސިލާގެ، އަނީސް ޙިލްމީ، 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގްރޫމް ކުރުވައިގެން މާލޭ ގެސްޓްހައުސް އަކަށް އެކުއްޖާ ގެންގޮސް، އެކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައާއި، އެމައްސަލައާ ގުޅިގެން އަނީސް ޙިލްމީގެ މޮބައިލް ފޯނު އެނަލައިޒް ކުރުމުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފެނިފައިވާތީ އެ މައްސަލާގައި ދަޢުވާ އުފުލުމަށް، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

މިގޮތުން ރޭޕްގެ ތުހުމަތު ކުރެވޭ އަނީސްގެ މައްޗަށް ތިން ދަޢުވާއެއް ކުރުމަށް ޕީޖީއޮފީހުން ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ. އެ ދަޢުވާ ތަކަކީ،

  • ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ދަށުން އުފުލާފައިވާ ދަޢުވާ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ. (އަދަބު: 10 އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު ހުކުމެއް)
  • ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 123 ވަނަ މާއްދާގެ ދަށުން އުފުލާފައިވާ ދަޢުވާ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާ. (އަދަބު: 10 އަހަރުގެ ޖަލު ހުކުމެއް)
  • ގާނޫނުލްއުގޫބާތުގެ 622 ވަނަ މާއްދާގެ ދަށުން އުފުލާފައިވާ ދަޢުވާ، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ. (އަސާސީ އަދަބު: 1 މަހާއި 6 ދުވަހަށް ޖަލަށްލުން).

އަނީސްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ޝަރީޢަތް ނިމެންދެން ބަނދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް ހުކުން ކޮށްފައިވާ ކަމަށް ޖޫން މަހުގެ 20 ވަނަ ދުވަހު ފުލުހުން ވަނީ ބުނެފައެވެ.

އަނީސް ޙިލްމީ ހައްޔަރުކޮށްފައިވަނީ، 2020 ޖޫން 10 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު، އުމުރުން 11 އަހަރުގެ ކުއްޖަކު ގެސްޓްހައުސްއަކަށް ގެންގޮސް ރޭޕްކޮށްފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 2020 ޖޫން 12 ވަނަ ދުވަހުގެ 22:13 އެހައިކަންހާއިރު އޭނާ ދިރިއުޅޭ ގޭގައި ހުއްޓައެވެ.

ޚިޔާލު

Your email address will not be published.

More in ޚަބަރު