މާފަރު އެއަރޕޯޓުގެ އޭޕްރަންއަށް އިތުރުކުރި ބައި ބޭނުންކުރަންފަށައިފި
ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ އޭޕްރަންއަށް އިތުރުކުރި ބައި ހުޅުވައި، ޓާމިނަލް އިމާރާތް ބޮޑުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މާފަރު އެއަރޕޯޓް ހިންގާ ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓްކުރާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން މިއަދު ބުނީ މިއަދު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތާރީޚުގައި އައު މަރުޙަލާއެއް ފެށިފައިވާ ކަމަށެވެ. ”މިއަދު ވަނީ އެއަރޕޯޓުގެ އޮޕަރޭޝަނަލް ގާބިލިއްޔަތު އިތުރުކުރުމަށްޓަކައި، އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ރަސްމީކޮށް އި...