ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި 4 ތަރީގެ ޓްރާންސިޓް ހޮޓަލެއް ތަރައްގީކުރުމުގެ މަސައްކަތްކުރެވެމުންދާ ކަމަށް އައިލެންޑް އޭވިއޭޝަން އިން ބުނެފި އެވެ.

އެ އެއާޕޯޓުގައި އަޅާ ޓްރާންސިޓް ހޮޓަލުގައި 47 ކޮޓަރި އަޅަން ވަނީ އެ ކުންފުނިން ނިންމާފައެވެ.

Ad
rt

އަދި މި ހޮޓާ ތަރައްގީކުރުމަށް ބޭނުންވާ ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށްވެސް މިހާރުވަނީ އިޢުލާންކޮށްފައެވެ.

އައިލެންޑް އޭވިއޭޝަނުން އިތުރަށް ހާމަކުރެއްވިގޮތުގައި 4 ތަރީގެ ހޮޓަލެއްގެ ފެންވަރަށް ތަރައްގީ ކުރާ މި ޓްރާންސިޓް ހޮޓާގެ މަސަައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހު ތެރޭގައި ފެށިގެންދާނެއެވެ.

މީގެއިތުރުން، އެ އެއާޕޯޓްގައި ހޮޓަލެއް ތަރައްގީކުރުމަށް ނިންމީ އެ އެއާޕޯޓަކީ ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓްތައް ޖައްސާ އެއާޕޯޓަކަށްވާތީކަމަށާއި އަދި މި ޖެޓްތަކުގައި މަސައްކަތްކުރާ ޕައިލެޓުންނާއި ކުރޫން އެއާޕޯޓުގައި މަޑުކުރާނެ ތަނެއް ހަމަޖެއްސުމަކީ މުހިއްމުކަމަށް ވާތީ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފާވެއެވެ.