މާފަރު އެއާރޕޯޓު އިތުރަށް ތަރައްޤީ ކުރުމާ ގުޅޭގޮތުން އީޕީއޭއިން މިއަދު ދިން ލަފަޔާމެދު މަނަދޫ ދާއިރާގެ މެންބަރުގެ އަހުމަދު ހާރޫން ހިތްގަމަނުޖެހުން ފާޅުކުރައްވައިފިއެވެ.
ނ. މާފަރު އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމާގުޅޭ މަޝްރޫއު އިތުރަށް ކުރިއަށް ގެންދިއުމާމެދު އީޕީއޭއިން ދިން ލަފަޔާމެދު ހިތްހަމަ ޖެހިވަޑައިނުގެން ޝުއޫރު ފާޅު ކުރައްވާ މިއަދު ކުރެއްވި ޓުވީޓްގައި ވިދާޅުވީ ނ.މާފަރު ފަޅުން ވެލި ނެގުން ނުހުއްޓުވުނު ކަމަށެވެ.
އަތޮޅުތެރެ ތަރައްޤީ ވާނަމަ ތިމާވެށި ހަލާކުވަނީ ކަމަށް ވާކަމަށާއި، މާލެ ކައިރީ ރިސޯޓު ހަދަން ފަޅު ހިއްކުން އޯކޭ ކަމަށެވެ. ތަރައްޤީ ކުރެވެނީ މާލެ ވަށައިގެން އެކަނިކަމުގައި ވިދާޅުވެ، ހާރޫން ވަނީ އަތޮޅު ތެރޭގެ ތަރައްޤީއަށް ހުރަސް ނޭޅުއްވުމަށް އެދިވަޑައިގެންފައެވެ. މިޓުވީޓު ހާރޫންވަނީ އީޕީއޭއަށާއި، ތިމާވެއްޓާބެހޭ ވަޒީރަށާއި، ރައީސް ސާލިޙް އަދި ރައީސް ނަޝީދަށް ޓެގް ކުރައްވާގައެވެ.
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށް ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހުއްދަނުދޭން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ވަނީ ލަފާދީފައެވެ.
މަޝްރޫއު ކުރިއަށް ގެންދަން ނުފެންނަކަމަށް އީޕީއޭ އިން ބުނެފައިވަނީ މާފަރު އެއާޕޯޓްގެ އެކްސްޕެންޝަން މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ސަބަބެއް ކަމަށް ބަޔާންކޮށްފައިވާ ބޯއިން 777 ޓްވިން ޖެޓް ލޭންޑު ކުރެވޭ ވަރަށް އެއާޕޯޓް ރަންވޭ ބޮޑު ކުރުމަކީ ދުރު ރާސްތާ އަށް ބަލާއިރު ލިބޭނެ ސޯޝިއޯ އިކޮނޮމިކް އަދި ތިމާވެށީގެ މައްސަލަތަކާ އަޅާބަލާއިރު، އެކަށީގެންވާ ސަބަބެއް ނޫން ކަމަށެވެ.
N. Maafaru falhun veli negun nuhuttuvunu. Atolhuthere tharaggy vaathy thimaaveshi halaaku. Male kairy resort hadhan falhu hikkun OK. Tharaggy kurevenvy male vashaigen.
Atholhuthereyge tharaggy ah huras naalhuvvaa. @EPAMaldives @DrHussainHassan @ibusolih @MohamedNasheed https://t.co/Ftvnahlcr2— Bugey (@Bugeylive) December 29, 2019
އީޕީއޭއިން އިތުރަށް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، އެއާޕޯޓު ބޮޑު ކުރުމަށް ހިންގާ ބިން ހިއްކުމުގެ މަސައްކަތުން މާފަރު ފަޅުގެ ބޮޑު ބައެއް ދާއިމީކޮށް ގެއްލިގެންދާނެ ކަމަށާއި އޭގެ ސަބަބުން ވަށައިގެންވާ އީކޯ ސިސްޓަމްއަށް އަސަރު ކުރާނެ ކަމަށާއި، އަދި މާފަރަކީ ވެލާ ބިސްއަޅުމުގައި މަޝްހޫރު ރަށެއް ކަމަށާއި، ނަމަވެސް އެ މަޝްރޫއުގެ ސަބަބުން އެ ކަމަށް ސީދާ ނޭދެވޭ އަސަރު ކުރާނެ ކަމަށް ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުރުން އެ މަޝްރޫއުގެ ދަށުން ރަށުގައި ހުރި 22،000 ގަހަށް އަސަރު ކުރާނެ ކަމަށް ވެސް އެ އެޖެންސީން ބުނެއެވެ.
އީޕީއޭއިން އެގޮތަށް ބުނީ، އެމަޝްރޫއު ކުރިއަށްގެންދަން ފެނޭތޯ އެންވާރުމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމަށް ފަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!