ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ސަރަހައްދުން ޖަނަވާރެއް ފެނިގެން އިއްޔެ އާންމުވި ވީޑިއޯއިން ފެންނަނީ މިނިކާވަގެއް ފަދަ ޖަނަވާރެއްނޫން ކަމަށް މާފަރު ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާފަރު ކައުންސިލުން މިއަދު ވިދާޅުވީ، އެރަށު އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދުން މިނިކާވަގެއް ފަދަ ޖަނަވާރެއްކަމަށް ބެލެވޭ އެއްޗެއް ފެނިގެން ސިފައިން ބެލިބެލުމުން މިހާތަނަށް މިނިކާވަގެއްފަދަ ޖަނަވާރެއް ފެނިފައެއް ނުވެއެވެ. އަދި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ގެއްލުންދެނިވި ޖަނަވާރެއް ކަމަށް ނުބެލެވޭ ކަމަށް ސިފައިން މައުލޫމާތު ދެއްވާފައިވާ ކަމަށް ވެސް މާފަރު ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

Ad
rt

މިކަމާއިގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ، މާފަރު އެއާޕޯޓުގެ ފެންސުގެ އެތެރެއިން ހޭޅިފަށުން ގޮތްނޭގޭ ޖަނަވާރެއް ފެނުނުކަމުގެ ރިޕޯޓެއް އިއްޔެ ހަވީރު 5 ޖަހާކަންހާއިރު މާފަރު އެއާޕޯރޓުގައި ތިބޭ ސިފައިންނަށް ލިބުނު ކަމަށެވެ.

މިމަޢުލޫމާތާއިއެކު ލިބިފައިވާ ވީޑިއޯ ކްލިޕުން އެއީ ކޮން އެއްޗެއްކަން ޔަޤީންކުރެވިފައިނުވާތީ، މާފަރުގައި ތިބޭ ސިފައިންދިޔައީ މާފަރު އެއާޕޯޓާއި ގުޅިގެން އެހޯދުމުގެ މަސައްކަތްކުރަމުން ކަމަށާއި، އިއްޔެއާއި ރޭ ކުރެވުނު މަސައްކަތުން އެއްވެސް އެއްޗެއް ފެނިފައިނުވާތީ، ވީޑިއޯ ކްލިޕުން ފެނުނީ ކޮންއެއްޗެއްކަން ކަށަވަރު ކުރުމަށްޓަކައި މއަދު އިތުރު ސިފައިން މާފަރަށްގޮސް މާފަރު އެެއާޕޯރޓްގެ ސަރަހަައްދު ވަނީ އެއްކޮށް ބަލާފައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

''ނަމަވެސް ބުޅަލެއް ފިޔަވައި އިތުރު ޖަނަވާރެއް ފެނިފައިނުވެއެވެ. ބޮޑަށް ލަފާކުރެވެނީ ބުޅަލެއް ހިނގާފައި ދަނިކޮށް ވީޑިއޯ ކުރެވިފައިއިން ދުރުމިނާއި އެންގަލްގެ ގޮތުން އަސްލު ސައިޒަށްވުރެ ބޮޑުކޮށް ފެންނާތީ ހީވާ ހީވުމެއްކަމަށެވެ.''އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި މައުލޫމާތާއި ގުޅިގެން އެމްއެންޑީއެފުން ވަނީ ހަތިޔާރާއެކު މާފަރު އެއާޕޯޓާއި ރަށުތެރެ ބެލުމުގެ މަސައްކަތް ވެސް ކޮށްފައެވެ.