މަކުނުދޫ ކައުންސިލުން އިސްނަގައިގެން އެ ރަށު ސްކޫލުގައި ފުޓްސަލް ދަނޑެއް އަޅައިފި
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލުން އިސްނަގައިގެން އެ ރަށު ސްކޫލުގައި ޓާފް ފުޓްސަލް ދަނޑެއް ތަރައްގީކޮށް ހުޅުވައިފިއެވެ. އިއްޔެ އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ދަނޑު ރަސްމީކޮށް ހުޅުވައިދެއްވީ މަކުނުދޫ ކައުންސިލްގެ މެންބަރު މުހައްމަދު ޝައްމާހް އާއި ޓަފްކޫލް އިންވެސްޓްމަންޓްގެ ވެރިޔާ އަހްމަދު ސިނާޒްއެވެ. އެ ދަނޑަކީ މަކުނުދޫ ކައުންސިލާއި ސްކޫލް ގުޅިގެން، ރަށުގެ އެންމެހާ މުއައްސަސާތަކުގެ އެހީތެރިކަމާއެކު ތަރައްގީކޮށްފައިވާ ދަނޑެކެވެ. ދަނޑު އެޅުމުގެ މަޝްރޫއުގައި ޓަފްކޫލް އިންވެސްޓްމ...