ހދ. މަކުނުދޫގައި މި ފަހަކަށް އައިސް ދޫނި ސޫފާސޫފީގެ ނަޖިހުގެ އުނދަގޫ ބޮޑުވާކަމަށް ބުނެ ރައްޔިތުންގެ ޝަކުވާލިބޭތީ ހެދިފައިވާ އުސޫލާއެއްގޮތަށް ދޫނި ގެންގުޅުމަށް ކައުންސިލުން އެދިއްޖެއެވެ.
މަކުނުދޫ ކައުންސިލުން ނެރުނު އެނގުމެއްގައި ވާ ގޮތުން ރަށުގައި ގެންގުޅޭ ދޫނިތައް، ހާއްސަކޮށް ކޮތަރުގެ ނަޖިހުގެ ސަބަބުން އިމާރާތް ތަކާއި މީހުން ދިރިއުޅޭ ސަރަހައްދު ހަޑިވަމުން ދާތީ ސަމާލުވާން ވަނީ އެދިފައެވެ.
އެގޮތުން މަކުނުދޫގައި ދޫނި ގެންގުޅޭ ފަރާތްތަކުން މި މަައްސަލައަށް ސަމާލުވެ، އާންމުންނަށް އުނދަގޫ ނުވާނެހެން އެފަރާތެއްގެ ބެލުމުގެ ދަށުގައި ދޫނި ސޫފާސޫފި ގެންގުޅުމުގެ އުސޫލާ އެއްގޮތަށް އަމަލުކުރުމަށް އަންގާކަމަށް ކައުންސިލުން ބުނެފަވެއެވެ.
މަކުނުދޫއަކީ ސާފުތާހިރުކަމަށް ވަރަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅޭ ރަށެއްކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!