މަކުނުދޫ ޕްރީސްކޫލް ހިންގަން އެރަށު ކައުންސިލުން، ނާރެސް ޕްރީސްކޫލާއި ހަވާލުކޮށްފިއެވެ.
މަކުނުދޫ ޕްރީސްކޫލް ހިންގަން އެރަށު ނާރެސް ޕްރީސްކޫލާއި ހަވާލުކޮށް، އެތަން ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
މަކުނުދޫ ޕްރީސްކޫލް ހިންގަން ނާރެސް ޕްރީސްކޫލާއި ހަވާލު ކުރީ 4 އަހަރުގެ މުއްތަށެވެ.
މިތަން ހިންގަން ހަވާލުކޮށްފައި ވަނީ އަހަރަކު 400،000.00 ރުފިޔާ އަށެވެ.
މަކުނުދޫ ކައުންސިލުން ބުނީ، މަކުނުދޫގައި ޕްރީ ސްކޫލުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ނާރެސް ޕްރީ ސްކޫލާއި، އެރަށު ޕްރީސްކޫލް ހިންގަން ހަވާލުކުރެވެގެން ދިޔުމަކީ، މަކުނުދޫގެ ތުއްތު ކުދިންގެ ފަށާ ތަޢުލީމުގެ ބިންގާ ހަރުދަނާކުރުމާއި އެ ކުދިންނަށް ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކުރެވުނު ކަމެއްކަމަށެވެ.
‘’މިކަމަކީ މި ކައުންސިލްގެ އަމާޒަކަށް ވީހިނދު މި އަމާޒަށް ވާސިލްވުމަށް މިއީ އެޅުނު ހަރުދަނާ ފިޔަވަޅެއް ކަމުގައި މިކައުންސިލުން ދެކެން’’ މަކުނުދޫ ކައުންސިލުން ބުނެފަވެއެވެ.
މަކުނުދޫގައި މިވަގުތު ނާސަރީ އަދި ބޭބީ ނާސަރީއަށް ކިޔަވައިދޭ ތަނެއް ނުހުރެއެވެ. އެހެންކަމުން މަކުނުދޫ ކައުންސިލުން އެރަށުގައި ޕްރީސްކޫލެއް ހިންގަން ހަވާލުކޮށްފައި މިވަނީ އެރަށުގައި އެ އުމުރުފުރާތަކުގެ ކުދިންނަށް އުނގަންނައިދިނުމުގެ ފުރުސަތު ތަނަސްކޮށްދިނުމުގެ ގޮތުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!