ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ އެ ކައުންސިލްގެ ޤުރުއާން މުބާރާތުގެ ފަހުރުވެރި އެއްވަނަ ޢާއިޝަތު އީލާފް ޢަލީ ނަޝީދު ހޯދައިފިއެވެ.
މުބާރާތުގެ އެއްވަނަ ހޯދި ޢާއިޝަތު އީލާފްއަށް އިނާމެއް ގޮތުގައި ވަނީ އުމްރާ ދަތުރެއް ދީފައެވެ. މި އުމްރާ ދަތުރު ހަމަޖައްސާފައި ވަނީ މީގާތު ހައްޖު އަދި އުމްރާ ގްރޫޕްގެ ފަރާތުންނެވެ.
މުޅި މުބާރާތުން ދެވަނަ ހޯދާފައި ވަނީ ފާތިމަތު ފައިޙާ ޢަލީ/ ގުލްހަޒާރުގެ، ހދ.މަކުނުދޫ އެވެ. އިނާމެއް ގޮތުގައި އޭނާއަށް ވަނީ 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. މީގެއިތުރުން އިނާމެއްގެ ގޮތުގައި ސޮނޭވާ ސީކްރެޓްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ވަނީ ދީފައެވެ.
މުޅި މުބާރާތުން ތިންވަނަ ހޯދީ މުޙައްމަދު އިބްރާހީމް/ ޑިޒަރވް، ހދ.މަކުނުދޫ އެވެ. އިނާމެއްގެ ގޮތުގައި އޭނާއަށް ވަނީ 2000 (ދެހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.
މި މުބާރާތް ބާއްވާފައި ވަނީ މިދިޔަ ހުކުރު ހޮނިހިރު މި ދެ ދުވަހުއެވެ. މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އާދީއްތަ ދުވަހުގެ ރެއެވެ. މުބާރާތުގައި 84 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
އިތުރު ވަނަތައް
12 އަހަރުން ދަށް ބަލައިގެން ކިޔުމުން ތިންވަނަ – އާނާ އަހްމަދު އަރީޝް
15 އަހަރުން ދަށް ބަލައިގެން ކިޔުމުން ތިންވަނަ – އާއިޝަތު ޘަމްނާ ހަސަން
18 އަހަރުން ދަށް ބަލައިގެން ކިޔުންމުން ތިންވަނަ – ނަހާ މުހައްމަދު ނަޞީރު
12 އަހަރުން ދަށް ބަލައިގެން ކިޔުމުން ދެވަނަ – މަރިޔަމް ޖީލާން ޖަބީން
15 އަހަރުން ދަށް ބަލައިގެން ކިޔުމުން ދެވަނަ – އައިނީ މުހައްމަދު ޖިނާން
18 އަހަރުން ދަށް ބަލައިގެން ކިޔުންމުން ދެވަނަ – ފާތިމަތު ފައިހާ އަލީ
އާންމު ރައްޔިތުން ބައިން ބަލައިގެން ކިޔުމުން ދެވަނަ – އާމިނަތު ރާޔާ
12 އަހަރުން ދަށް ބަލައިގެން ކިޔުން އެއްވަނަ – ޒަޔާ ޒަމީން މުހައްމަދު
15 އަހަރުން ދަށް ބަލައިގެން ކިޔުން އެއްވަނަ – މުހައްމަދު އިބްރާހީމް
18 އަހަރުން ދަށް ބަލައިގެން ކިޔުމުން އެއްވަނަ - ޢާއިޝަތު އީލާފް ޢަލީ ނަޝީދު
ނުބަލާ ކިޔެވުމުގެ ގޮފިން ތިންވަނަ – އާޝާ ބިންތު އަޝްފާޤް އާދަމް
ބަލައިގެން ކިޔުމުގެ ގޮފިން ތިންވަނަ – މުހައްމަދު އިބްރާހީމް
ބަލައިގެން ކިޔެވުމުގެ ގޮފިން ދެވަނަ – ފާތިމަތު ފައިހާ އަލީ
ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ - ޢާއިޝަތު އީލާފް ޢަލީ ނަޝީދު
މުބާރާތުގެ އެންމެ މޮޅު ދިހަބައިވެރިން
ޢާއިޝަތު އީލާފް ޢަލީ ނަޝީދު
ފާތިމަތު ފައިހާ އަލީ
މުހައްމަދު އިބްރާހީމް
އައިނީ މުހައްމަދު ޖިނާން
ޒާޔާ ޒަމީން މުހައްމަދު
އާޝާ ބިންތު އަޝްފާޤް އާދަމް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!